ކ. މާލެ
|
13 ނޮވެންބަރ 2019 | ބުދަ 18:22
މ. ކޮޅުފުށި ކައުންސިލް އިދާރާ
މ. ކޮޅުފުށި ކައުންސިލް އިދާރާ
ގޫގުލް
ކޮޅުފުށި
ކޮޅުފުށީގައި މަގު ބައްތި އިންޑިއާގެ ހިލޭ އެހީގައި ޖަހައިދެނީ
 
މީހުން ދިރިއުޅޭ ސަރަހައްދުގައި 115 މަގު ބައްތި ޖެހުމަށް ވަނީ ހަމަޖެހިފައި
 
މަގު ބައްތި ޖެހުމަށް 1.5 މިލިއަން ދިވެހި ރުފިޔާ ކަނޑައަޅާފައިވޭ

އިންޑިއާގެ ހިލޭ އެހީގެ ދަށުން ކޮޅުފުށީގައި މަގުބައްތި ޖެހުމަށް ނިންމައިފިއެވެ،

އިޖްތިމާއީ-އިޤްތިޞާދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށް އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ދީފައިވާ ހިލޭ އެހީގެ ތެރެއިން މުލަކު އަތޮޅު ކޮޅުފުށީގައި މަގު ބައްތި ޖެހުމަށް 1,500,000.00 (އެއް މިލިއަން ފަސްލައްކަ) ދިވެހި ރުފިޔާ އިންޑިއާ ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.

ރައްޔިތުންނަށް ހާއްސަކޮށް އަންހެނުންނަށާއި އުމުރުން ދުވަސްވީ މީހުންނަށް ރައްކާތެރި މާހައުލެއް ފަހިކޮށްދިނުމަށްޓަކައި މަގު ބައްތި ހަރުކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ މަސައްކަތެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އަދި މި މަޝްރޫޢުގެ ދަށުން ކޮޅުފުށީގެ މީހުން ދިރިއުޅޭ ސަރަހައްދުގައި 115 މަގު ބައްތި ޖެހުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮޖެކްޓަކީ މި އަހަރުގެ މާރޗް މަހު 17 އިން 18 އަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާރނަލް އެފެއާޒް ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް ދެއްވަން ނިންމެވި ހިލޭ އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް