ހޯމަ 16 ޑިސެންބަރު 2019
07 މުލަ
1441 ރަބީޢުލްއާޚިރު 19
ފަތިސް 04:46
އިރުއަރާ 06:03
މެންދުރު 12:05
އަސްރު 15:26
މަޣްރިބް 18:00
އިޝާ 19:17
ކުޅިވަރު - ވޯލްޑްކަޕް ކޮލިފިކޭޝަން

ޗައިނާ މެޗުން ރާއްޖެ ބަލިވީ ނަސީބު ދެރަކަމުން: ފިލިޕިންސް ކޯޗު

  • ކޮލިފިކޭޝަނުގައި ރާއްޖެއިން ދައްކަމުން އަންނަނީ ތަފާތު މޮޅު ކުޅުމެއް
  • ފިލިޕީންސް އަދި ރާއްޖެ ބައްދަލުކުރާ މެޗު އޮންނާނީ މި މަހު 14 ވަނަ ދުވަހު ހަވީރު 04:00

އަތޫފް އާތިފް
AthifAthoof

ކ. މާލެ 13 ނޮވެންބަރު 2019 | ބުދަ 19:27 6,437

ފިލިޕީންސް ޓީމުގެ ކޯޗު ކޫޕާ - ޔޫސުފް ސޮފްވާން ރަޝީދު

ވޯލްޑްކަޕް ކޮލިފިކޭޝަނުގައި އަމިއްލަ ގައުމުގައި ކުޅުނު މެޗުގައި ރާއްޖެ އަތުން ޗައިނާ މޮޅުވީ ރާއްޖެ ޓީމުގެ ނަސީބު ދެރަކަމުން ކަމަށް ފިލިޕީންސް ޓީމުގެ ކޯޗު ސްކޮޓް ކޫޕާ ބުނެފިއެވެ.

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ފިލިޕީންސް ޓީމުގެ ކޯޗު ކޫޕާ ވަނީ ރާއްޖެއިން ކޮލިފިކޭޝަނުގައި ދައްކަމުން އަންނަ ކުޅުމަށް ތައުރީފު ކޮށްފައެވެ.

އެގޮތުން ކޫޕާ ބުނީ ރާއްޖެއިން ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖެ ޓީމަށް ދިމާވި އެންމެ ބޮޑު އެއް މައްސަލައަކީ ނަސީބު އެހީ ނުވުން ކަމަށާއި އެމެޗުގެ ފުރަތަމަ 30 މިނެޓުގައި ރާއްޖެއިން ޗައިނާއާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދައްކައިފައިވާ ކަމަށެވެ.

ރާއްޖެއާއި ދެކޮޅަށް ބުރާސްފަތި ދުވަހު ހަވީރު ފިލިޕީންސް އިން ނިކުންނައިރު އެޓީމު އޮތީ މި މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށް ބުނަމުން ކޫޕާ ބުނީ ފިލިޕީންސް އޮތީ މި މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށެވެ.

ކޫޕާ އިތުރަށް ބުނީ އެޓީމުގައި އިނގިރޭސިވިލާތުގައި ކުޅެމުން އަންނަ ކުޅުންތެރިޔެއް ހުރުމުން އޭގެ ފައިދާއެއް ވަކި އިތުރަށް ނުކުރާނެ ކަމަށާއި ނަމަވެސް އެކުޅުންތެރިންގެ ތަޖުރިބާ ޓީމަށް ވަރަށް ބޮޑަށް ލިބޭ ކަމަށެވެ.

ކޮލިފިކޭޝަނުގައި ރާއްޖެއިން މިހާތަނަށް ތިން މެޗު ކުޅެފައިވާއިރު މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އަމިއްލަ ދަނޑުގައި ޗައިނާ އަތުން 5-0 އިން ބަލިވިއިރު ސީރިއާ އަތުން ރާއްޖެ ބަލިވެފައިވަނީ 2-1 ގެ ނަތީޖާ އަކުންނެވެ. ކޮލިފިކޭޝަނުގައި ރާއްޖެއިން މޮޅުވެފައިވަނީ ރަށުން ބޭރުގައި ގުއާމް އަތުން 1-0 ގެ ނަތީޖާ އަކުންނެވެ.

ރާއްޖެ ހިމެނޭ ގްރޫޕްގެ އެއްވަނައިގައި ސީރިއާ ނުވަ ޕޮއިންޓާއެކު އޮތް އިރު ދެވަނައިގައި ޗައިނާ އޮތީ ހަތް ޕޮއިންޓާއެކުގައެވެ. މިގްރޫޕްގެ ތިން ވަނައިގައި ހަތަރު ޕޮއިންޓާއެކު ފިލިޕީންސް އޮތްއިރު ހަތަރުވަނައިގައި ރާއްޖެއިން އޮތީ ތިންޕޮއިންޓާއެކުގައެވެ. އަދި ގްރޫޕްގެ ފުލުގައި ގުއާމް އޮތީ ކުޅުނު ހުރިހާ މެޗަކުން ބަލިވެ ޕޮއިންޓެއް ނުލިބިއެވެ.

ފިލިޕީންސް އަދި ރާއްޖެ ބައްދަލުކުރާ މެޗު އޮންނާނީ މި މަހު 14 ވަނަ ދުވަހު ހަވީރު 04:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ލީވާން އަލީ

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް