ކ. މާލެ
|
13 ނޮވެންބަރ 2019 | ބުދަ 15:37
ޖޭއެސްސީގެ މެމްބަރު ހިސާން ހުސެއިން
ޖޭއެސްސީގެ މެމްބަރު ހިސާން ހުސެއިން
ރާއްޖެއެމްވީ
ޖޭއެސްސީ
ޖޭއެސްސީގެ ރައީސްކަމަށް ހިސާން ހުސެއިން
 
ހިސާންއަކީ ރައްޔިތުންގެ މަޖިލީހުން އެ ކޮމިޝަނަށް ކަނޑައަޅާފައިވާ މެމްބަރު
 
ހިސާން ކޮމިޝަންގެ ރައީސްކަމަށް އިންތިހާބުކޮށްފައިވަނީ ކޮމިޝަންގެ 80 ވަނަ ޖަލްސާގައި

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސްކަމުގެ މަޤާމަށް، ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން އިންތިހާބުކޮށްފި އެވެ.

ޖޭއެސްސީގެ ރައީސްކަމަށް ހިސާން އައްޔަންކުރަން ނިންމާފައިވަނީ އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފް އެ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފަނޑިޔާރި އަރީފް އެ މަގާމުން އިސްތިއުފާ ދެއްވީ ސިއްހީ ހާލުކޮޅު ތަންނުދޭކަމަށް ވިދާޅުވެއެވެ.

ޖޭއެސްސީއިން އަންނަނީ ފަނޑިޔާރު އަރީފްއާ ގުޅޭ ސުލޫކީ މައްސަލަތަކެއް ވެސް ބަލަމުންނެވެ. ޖޭއެސްސީން އެންމެ ފަހުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ފަނޑިޔާރު އަރީފްގެ 14 ސުލޫކީ މައްސަލައެއް އެ ކޮމިޝަނުން އަންނަނީ ބަލަމުންނެވެ.

ޖޭއެސްސީގެ ރައީސްގެ މަގާމަށް އައްޔަންކުރެވުނު ހިސާން ހުސައިންއަކީ، ރައްޔިތުންގެ މަޖިލީހުން އެ ކޮމިޝަނަށް ކަނޑައަޅާފައިވާ މެމްބަރެވެ.

ހިސާންއަކީ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ޝަރުއީ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަނބަލެކެވެ. އެގޮތުން ހިސާން ވަނީ ރައީސް ޔާމިންގެ ދައުރުގައި ސިޔާސީ ފަރާތްތަކުގެ މައްޗަށް އުފުލުނު ތަފާތު އެކި ދައުވާތަކުގައި އެ ފަރާތްތަކުގެ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރައްވާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
43%
29%
14%
14%
0%
ކޮމެންޓް