ކ. މާލެ
|
13 ނޮވެންބަރ 2019 | ބުދަ 16:09
ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ
ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ
މަޖިލިސް
މަޖިލިސް 2019
ބަޖެޓު ބަހުސްގެ ވަގުތުގައި އިހުތިޖާޖް ކުރަން ޖެހުނީ އަނިޔާވެރިކަމާއި ދެކޮޅަށް: އީވާ
 
ޢީވާ ވިދާޅުވީ ވޭތުވެ ދިޔަ ފަސް އަހަރު ބަޖެޓު ބަހުސްގެ ވަގުތުގައި ރައްޔިތުން މަޖިލީހުގައި އިހުތިޖާޖް ކުރަން ޖެހުނީ އަނިޔާވެރިކަމާއި ދެކޮޅަށްކަމަށް

ވޭތުވެ ދިޔަ ފަސް އަހަރު ބަޖެޓު ބަހުސްގެ ވަގުތުގައި ރައްޔިތުން މަޖިލީހުގައި އިހުތިޖާޖް ކުރަން ޖެހުނީ އަނިޔާވެރިކަމާއި ދެކޮޅަށްކަމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

އީވާ މިހެން ވިދާޅުވީ 2020 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓަށް ބުދަ ދުވަހުގެ ޖަލްސާގައި ބަހުސް ކުރައްވަމުންނެވެ.

ވޭތުވެ ދިޔަ ފަސްއަހަރު އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގައި ބަޖެޓުގެ ބަހުސްގެ ވަގުތު އަޅުގަނޑުމެން ހޭދަކުރަންޖެހުނީ އަނިޔާވެރިކަމާއި ޚުދުމުޚުތާރު ކަމާއި ކޮރަޕްޝަންއާއި ނޭއްގާނީ އަމަލުތަކާއި ލާއިންސާނީ އަމަލުތަކާއި ވައްކަމާއި ފޭރުމާއި ދެކޮޅަށް އިހުތިޖާޖް ކުރަން. ބަޖެޓުގެ ވަގުތުގައި އަޅުގަނޑުމެން ހޭދަކުރަން ޖެހުނީ އިއްޒަތްތެރި ރައީސް އަޅުގަނޑުމެންނަށް އިނގޭ، އަޅުގަނޑުމެންނަށް އިނގުނީ ވައްކަމުގެ ތެރެއިން ރައްޔިތުންނަށް ފުރިހަމަ ތަރައްގީއާއި ހަމަޔަކަށް ނުދެވޭނެކަން.
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ

މަޖިލީހުގައި އިހުތިޖާޖް ކުރަން ޖެހުނީ ވައްކަމުގެ ތެރެއިން ތަރައްގީއާއި ހިސާބަށް ވާސިލް ނުވެވޭނެތީ ކަމަށް ވިދާޅުވެ އީވާ ވިދާޅުވީ ބަޖެޓުގެ ބަހުސް ވަގުތުގައި އަޑުއުފުލަން ޖެހުނީ ހައްގުތައް ނިގުޅައިގަނެ، އިންސާނާގެ ނަފްސުގެ ކަރާމާތް ގެއްލުވާލާ، އެ ގެއްލޭ ބައި ބްރިޖަކުން ފޫނުބެއްދޭނެތީ ކަމަށެވެ. އެގޮތުން 2018 ގެ ރިޔާސީ އިންތިޚާބުގެ ނަތީޖާވެސް ދެއްކީ އެގޮތަށް ކަމަށެވެ.

ރައީސް ޔާމިންގެ ދައުރުގައި ބަޖެޓު ހުށައެޅި ކޮންމެ ފަހަރަކުވެސް، އޭރު އިދިކޮޅުގައި ތިއްބެވި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުން ވަނީ އިހުތިޖާޖުކޮށްފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
7%
29%
0%
43%
21%
0%
ކޮމެންޓް