ކ. މާލެ
|
13 ނޮވެންބަރ 2019 | ބުދަ 15:34
ޑޭވިޑް ވިއާ
ޑޭވިޑް ވިއާ
ގެޓީ އިމޭޖަސް
ޑޭވިޑް ވިއާ
19 އަހަރަށްފަހު ޑޭވިޑް ވިއާ ފުޓުބޯޅަ ކުޅުން ހުއްޓާލަނީ
 
ވިއާ ކުޅުން ހުއްޓާލަން ނިންމާފައިވަނީ މި ސީޒަނަށްފަހު

19 އަހަރަށްފަހު ސްޕެއިން އަދި ބާސެލޯނާގެ ކުރީގެ ސްޓްރައިކަރ ޑޭވިޑް ވިއާ ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމައިފިއެވެ.

މީސް މީޑިއާގައި ވިއާ ކުރި ޕޯސްޓެއްގައި ބުނީ، މި ސީޒަނަށްފަހު ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށާއި، ފާއިތުވެދިޔަ ދުވަސްތަކުގައި ކުޅުނު ޓީމުތަކާއި، އިރުޝާދުދިން ކޯޗުން އަދި އެއްކޮށް ކުޅުނު ކުޅުންތެރިން ދިން އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށެވެ.

ސްޕޯޓިން އިން ކެރިޔަރު ފެށި ވިއާ ވަނީ ޒަރަގޯޒާ އާއި ވެލެންސިއާ އަދި އެޓްލެޓިކޯ މެޑްރިޑަށްވެސް ކުޅެފައެވެ. އޭނާ މިހާރު ކުޅެމުން އަންނަނީ ޖަޕާނުގެ ވިސެލް ކޯބޭއަށެވެ.

ވިއާ ވަނީ ބާސާއާއެކު ލަލީގާ ދެފަހަރު، ސްޕެނިޝް ސުޕަކަޕް ދެފަހަރު، ކޮޕަޑެލްރޭ އެއްފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު އެއްފަހަރު، ޔުއެފާ ސުޕަކަޕް އެއްފަހަރު އަދި ފީފާ ކްލަބް ވޯލްޑް ކަޕް އެއްފަހަރު ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ އެޓްލެޓިކޯއާއެކު ލަލީގާވެސް ހޯދާފައެވެ.

ސްޕެއިން ގައުމީ ޓީމާއެކު 2008 ވަނަ އަހަރުގެ ޔޫރޯ އަދި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ވިއާ ވަނީ ގައުމީ ޓީމަށް ކުޅުނު 98 މެޗުގައި 59 ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް