ކ. މާލެ
|
13 ނޮވެންބަރ 2019 | ބުދަ 16:06
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުން - އެ މައްސަލަ ފުލުހުން ދަނީ ތަހުޤީޤު ކުރަމުން
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުން - އެ މައްސަލަ ފުލުހުން ދަނީ ތަހުޤީޤު ކުރަމުން
ގޫގުލް
ޖިންސީ ގޯނާގެ މައްސަލަތައް
އުތުރުގެ ރަށެއްގައި ޕްރިންސިޕަލަކު ދަރިވަރަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ
 
އެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުޤީޤު ކުރަމުން
 
ރިޕޯރޓް ފުލުހުންނަށް ލިބިފައިވަނީ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި
 
ހާދިސާ ހިނގާފައިވަނީ އުތުރުގެ ރަށެއްގައި

ރާއްޖޭގެ އުތުރުގެ ރަށެއްގެ ސުކޫލެއްގެ ޕްރިންސިޕަލަކު ދަރިވަރަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

އެކަމާ ގުޅޭގޮތުން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެ ހާދިސާ ހިނގާފައިވަނީ އުތުރުގެ ރަށެއްގައި ކަމަށާއި، ހާދިސާގެ ރިޕޯރޓް ފުލުހުންނަށް ލިބިފައިވަނީ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލު ހާމަކުރެވެން ނެތް ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.

ޖިންސީ ގޯނާގެ މައްސަލަތައް އިތުރުވެފައިވާއިރު، މިއަހަރުގެ މިހާތަނަށްވެސް ޖިންސީ ގޯނާގެ 360 މައްސަލައެއް ފުލުހުންނަށް ވަނީ ރިޕޯޓް ކުރެވިފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ލީވާން އަލީ
8%
0%
0%
83%
8%
0%
ކޮމެންޓް
13 ނޮވެންބަރ 2019 | ބުދަ 13:52
ސޮއްޕެ
އެއީ ރަސްމާދޫ ޕްރިންސިޕަލްތަ؟