ކ. މާލެ
|
13 ނޮވެންބަރ 2019 | ބުދަ 08:33
ހުޅުމާލޭ މަގުމަތި
ހުޅުމާލޭ މަގުމަތި
ރާއްޖެއެމްވީ
އެކްސިޑެންޓް
ސައިކަލެއް ކޮންޓްރޯލް ނުވެ ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައިފި
 
އެކްސިޑެންޓްގައި އަނިޔާވެފައިވަނީ 32 އަހަރުގެ ފިރިހެނަކަށް

ސައިކަލެއް ކޮންޓްރޯލް ނުވެގެން ގޮސް ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ އަންގާރަ ދުވަހުގެރޭ 10:50 ހާއިރު ހުޅުމާލެ މިދިލި މަގުން ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގޮސް ޓްރީޓޮޕް ހުންނަ އަސުރުމާ މަގުގެ ޕޭވްމެންޓް މަތިން ގޮސް ގަސްތަކުގެ ތެރެއަށްވަދެ އެކްސިޑެންޓް ވެފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 32 އަހަރުގެ ފިރިހެނަކަށް ކަމަށް ފުލުހުން ބުނެއެވެ. އަދި މި މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދީފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ.

ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގާފައިވާ އިރު، އަންގާރަ ދުވަހުގެރޭ ހުޅުމާލެ ހައިވޭ ކައިރިން އެމްޓީސީސީ ބަހަކާއި ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓުގައި 13 އަހަރުގެ އަންހެން ކުއްޖެއް ވަނީ ނިޔާވެފައެވެ. މި މައްސަލައިގައި ބަސް ދުއްވަން އިން މީހާ ހައްޔަރުކޮށް މައްސަލަ ދަނީ ބަލަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
41%
3%
26%
26%
0%
3%
ކޮމެންޓް