ކ. މާލެ
|
13 ނޮވެންބަރ 2019 | ބުދަ 08:43
ތޫފާން ބުލްބުލްގައި ގެއްލުންބެފައި
ތޫފާން ބުލްބުލްގައި ގެއްލުންބެފައި
އިންޑިޔާ ޓުޑޭ
ތޫފާން ބުލްބުލް
ތޫފާން ބުލްބުލް: ބަންގުލަދޭޝްގެ އައްސޭރިފަށަށް ލިބުނު ގެއްލުން 19،000 ކްރޯޑަށް އަރާފާނެ
 
ތޫފާން ބުލްބުލްގެ ސަބަބުން ލިބުނު އެކިއެކި ގެއްލުންތަކުގައި މިހާތަނަށް 14 މީހުން މަރުވެފައިވޭ

އިންޑިއާއާ ބަންގްލަދޭޝްގެ އައްސޭރިފަށުގެ ޞަރަޙައްދަށް މިހާރު އަރައިގެން އުޅޭ ޠޫފާން ބުލްބުލްގެ ސަބަބުން ބަންގްލަދޭޝްގެ އައްސޭރިފަށުގެ ޞަރަޙައްދަށް ލިބުނު ގެއްލުން 19،000 ކްރޯޑަށް އަރާނެކަމަަށް ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

ބަންގްލަދޭޝްގެ ކާރިޘާތަކާއި ބެހޭ އިދާރާގެ އިސް މަސްއޫލުވެރިންނާއި ޙަވާދީ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި ޠޫފާން ބުލްބުލްގެ ސަބަބުން ލިބުނު އެކިއެކި ގެއްލުންތަކުގައި މިހާތަނަށް 14 މީހުން މަރުވެފައިވެއެވެ. ބަންގްލަދޭޝްގެ އޮފިޝަލުން ބުނެފައިވަނީ މި ޙާދިސާގެ ސަބަބުން ބައެއް މީހުންނަށް އެކި ވަރުގެ ޒަޚަމްތައް ލިބިފައިވާކަމަށެވެ. އަދި ޠޫފާނުގައި ލިބުނު ގެއްލުމުގައި ހަ ހާހަށްވުރެ ގިނަ މީހުންގެ ގެދޮރު މުޅިން ނުވަތަ ކޮންމެވެސް ވަރަކަށް ހަލާކުވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

ބަންގުލަދޭޝްގެ ކަމާ ބެހޭ ފަރާތްތަކާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ ޠޫފާނުގެ ގެއްލުން 15،000 އާއި 19،000 މިލިއަނާއި ދެމެދުގެ ޢަދަދަކަށް އަރާނެ ކަމަށް އަންދާޒާ ކުރެވޭކަމަށެވެ. ނަމަވެސް މި ޠޫފާނުގައި ލިބުނު ގެއްލުމުގެ ޖުމްލަ ޢަދަދު ކަށަވަރު ކުރެވޭނީ ހުރިހާ ތަންތަނުން ފުރިހަމަ ރިޕޯޓް ލިބިގެން ކަމަށް ވެސް އޮފިޝަލް ބުނެފައިވެއެވެ.

ޠޫފާން ބުލްބުލްގެ ސަބަބުން 14 ދާއިރާއަކުން އެކިވަރުގެ ގެއްލުން ވަނީ ލިބިފައެވެ. އޭގެ ތެރޭގައި ދަނޑުވެރިކަމާއި، ހަކަތައާއި، ޢާންމު ޞިއްޙަތާއި، އިންޖިނިއަރިން ފަދަ ތަންތަން ހިމެނެެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
100%
0%
0%
0%
ކޮމެންޓް