ކ. މާލެ
|
13 ނޮވެންބަރ 2019 | ބުދަ 08:51
ބޮލީވިއާގެ ރައީސް އީވޯ މޮރާލެސް
ބޮލީވިއާގެ ރައީސް އީވޯ މޮރާލެސް
ބީބީސީ
ބޮލީވިއާ
މެކްސިކޯއިން ހިމަޔާތް ހޯއްދަވައިގެން ބޮލީވިއާގެ ރައީސް އެގައުމަށް ވަޑައިގެންފި
 
ވެރިކަމުން ވަކިވެވަޑައިގަންނަވަނީ ރައްޔިތުންގެ މަންފާއާއި ލާބައަށް

ހޯމަ ދުވަހު އަމިއްލަފުޅަށް މަޤާމުން އިސްތިޢުފާ ދެއްވި ބޮލީވިއާގެ ރައީސް އީވޯ މޮރާލޭސްއަށް މެކްސިކޯއިން ޙިމާޔަތް ލިބޭނެކަމުގެ ޔަޤީންކަން ލިބިވަޑައިގަތުމާއެކު އެ ޤައުމަށް ވަޑައިގެންފިއެވެ.

މޮރާލޭސް މެކްސިކޯގެ ޙިމާޔަތް ހޯއްދަވައިގެން އެޤައުމަށް ވަޑައިގެންނެވީ ބުދަ ދުވަހުއެވެ. އީވޯ މަޤާމުގެ އިސްތިޢުފާ އިޢުލާންކުރެއްވީ ޓީވީ މެދުވެރިކޮށް ދެއްވި ތަޤުރީރެއްގައެވެ. އިސްތިޢުފާ ސިޓީ ރަސްމީކޮށް ކޮންގްރެސްއަށް ފޮނުވާނެކަން އިޢުލާންކުރައްވައި މޮރާލެސް ވިދާޅުވީ ވެރިކަމުން ވަކިވެވަޑައިގަންނަވަނީ ރައްޔިތުންގެ މަންފާއާއި ލާބައަށް ކަމަށެވެ. އަދި ޤައުމަށް ރަނގަޅަކަށް ކަމަށެވެ.

މޮރާލޭސް މިވަނީ މިދިޔަމަހުގެ ވިހި ވަނަ ދުވަހު އެޤައުމުގައި ބޭއްވި އިންތިޚާބު އިންސާފުވެރި ނޫންކަމަށް ބުނެ އެޤައުމުގެ ރައްޔިތުންނާއި އިދިކޮޅު ފަރާތްތަކުން މުޒާހަރާކުރަމުން ދަނިކޮށެވެ. އަދި ބައިނަލް އަޤުވާމީ އޮޑިޓް ފާރަމަކުންވެސް ވަނީ އިންތިޚާބުގައި ސީރިއަސް މައްސަލަތަކެއް ހުރިކަމަށް ބުނެ އިންތިޚާބުގެ ނަތީޖާ ކަށަވަރުނުކުރެވޭކަމަށް ބުނެފައެވެ.

މެކްސިކޯގެ ޙިމާޔަތް ހޯއްދަވައިގެން އެޤައުމަށް ވަޑައިގެން މޮރާލޭސް ވިދާޅުވެފައިވަނީ ސިޔާސީ ކަންކަމުގައި އަދިވެސް ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި މިއީ ދަތި އުނދަގޫކަމެއް ކަމަށް ވެސް މޮރާލެސް ވަނީ ވިދާޅުވެފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ސައްހަ ލިސްޓެއް ނޫން: އޭސީސީ
ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
ކުދިއާބާދީ ރަށްތަކުގައި ޚިދުމަތްތައް ފުޅާކޮށް، ތަރައްގީ ކުރުމުގެ ވިސްނުމެއް މިސަރުކާރުގެ ނެތް: ރައީސް ސާލިހު
ފެހި ޤާނޫނު އަސާސީގެ ދަށުން އެއްވެސް އިންތިޚާބެއްގައި ސަރުކާރަކުން އާއްމުންނަށް ނުފޫޒު ނުފޯރުވާ މިންވަރަށް މި ސަރުކާރުން ނުފޫޒު ފޯރުވާ: އީސަ
ރިޝްވަތު ޤަބޫލުކުރިކަމަށް ޔާމީނަށް ކުރި ޙުކުމްވެސް ބާތިލު، މައްސަލަ އަލުން ބަލަން ހައިކޯޓުން އަންގައިފި
އިންތިޚާބާ ގުޅިގެން ވަޒީފާތައް އިންތިހާއަށް ދޭނެ، އެއީ ދާއިމީ ވަޒީފާއަކަށް ނުވާނެ: ރައީސް ސާލިހު
މި ސަރުކާރުގެ ސިޔާސަތަކީ ގަދަބާރުން، ބިރުދައްކައިގެން ވޯޓު ހޯދުން - ރައީސް ސާލިހު
މަޖިލިސް އިންތިޚާބުގެ ބަޖެޓްގެ ކަންކަން ހަމަޖެހޭނެ، އިތުރަށް 10 މިލިއަން ޚަރަދުވާނެ - އީސީ