ކ. މާލެ
|
13 ނޮވެންބަރ 2019 | ބުދަ 01:59
ޤަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް
ޤަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް
މަޖިލިސް
ބަޖެޓް 2020
ރައީސް ޞާލިޙް ވެވަޑައިގެންނެވި ވައުދުތަށް ފުއްދަވާނެކަން ބަޖެޓުން ހާމަވޭ: ވިސާމް
 
ބަޖެޓާއެކު ދާއިރާއިން ބޮޑެތި ބަދަލުތަކެއް ފެންނާނެކަމަށް އޭނާ ވިދާޅުވި
 
ޤަމުގެ ތަރައްޤީއަށް ގިނަ ޕްރޮޖެކްޓުތަކެއް ބަޖެޓުގައި ހިމަނާފައިވޭ

ރައްޔިތުންނަށް ވަފައިވާ ވައުދުތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަކުރުން އަކުރަން ފުއްދަވާނެކަން އަންނަ އަހަރަށް ލަފާކޮށް ރައްޔިތުން މަޖިލީހަށް ސަރުކާރުން ހުށައެޅި ބަޖެޓުން ހާމަވެގެން ހިގަންޖެކަމަށް ގަމު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު ވިސާމް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު 2020 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށައެޅި ބަޖެޓަށް ބަހުސް ކުރަން ވިސާމް ވިދާޅުވީ އެ ބަޖެޓުން ފާހަގަވެގެންދަނީ ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާއަށާއި އިގްތިސޯދީ ދާއިރާގެ އިތުރުން އިޖްތިމާއީ ދުޅަހެޔޮކަމަށް ހާއްސަކޮށްގެން، ރައްޔިތުންނަން މަންފާވާގޮތަށް ލާމަރުކަޒީ ނިޒާމަށް ބަދަލެއްގެނެވިގެންދާ މަންޒަރުކަމަށެވެ. އެ ބަދާލާއިއެކު ހައްދުންމަތީގަމަށް ރައީސް ސޯލިހު ވެފައިވާ ވައުދުތަށް ފުއްދަވާނެ ކަމަށް ހައްދުމަތީގެ ރައްޔިތުން ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ތަރައްގީކުރަން ނިންމާފައިވާ ފަސް ސަރަހައްދުގެ ތެރޭގައި ހައްދުންމަތީ ގަން ހިމެނޭކަން ފާހަގަކުރަމުން، ވިސާމް ވިދާޅުވީ މީގެކުރިން ސަރުކާރުތަކުން ގަމަށް އަޅާނުލާކަމަށެވެ. އަންނަ އަހަރު ބަޖެޓުގައި ގަމު ދާއިރާގެ ރައްޔިތުން ބޭނުންވާ ގިނަ ކަންތަށްތަކެއް ހިމެނޭކަމަށް ވިސާމް ވިދާޅުވިއެވެ.

ތައުލީމީ ދާއިރާއަށް އަލިއަޅުވާލާ ވާހަކަދައްކަވަމުން ވިސާމް ވިދާޅުވީ 420 ދަރިވަރުން ތައުލީމް ހާސިލްކުރަމުންދާ އިހައްދޫ ސުކޫލްގައި އިތުރު 6 ކުލާސް ރޫމް އެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ. ބަޖެޓުގައިވާ ގޮތަށް އިހައްދޫ ސުކޫލްގައި 4 ކުލާސް ރޫމް އިމާރާތްކުރުމުން 2015 ވަނަ އަހަރުން ފެށިގެން ބެލެނިވެރިން ކުރަމުން އައި އިންތިޒާރުތަށް ނިމުމެއް އައިސް، އެ ސްކޫލް އެއް ދަންފަޅިއަށް ބަދަލުވެގެންދާނެ ކަމަށް ވިސާމް ވިދާޅުވިއެވެ. އަދި ހަމަދު ސޫކޫލަށް ބޭންޑްގެ ސާމާނު އަންނަ އަހަރު ހަމަޖެހޭނެކަމުގެ ޔަގީންކަން ލިބުމުން އެ ސްކޫލްގެ ބެލެނިވެރިން ތިބީ އުފަލުން ކަމަށް ވެސް ވިސާމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި ވިސާމް ވާހަކަދައްކަވަނީ -- ފޮޓޯ: މަޖިލިސް

ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ސަރުކާރުން ފުރެންޗް ރެޑްކްރަސެންގެ ހިލޭ އެހީގައި ގާއިމްކުރި ޒޯން ސްޓޭޑިއަމަށް ވީރާނާވެގެން ދަނިކޮށް، ރައީސް ސޯލިހުގެ ސަރުކާރުން އެ ސަރަހައްދު ތަރަންގީކުރާނެކަން ބަޖެޓުން ހާމަވާކަމަށް ވިސާމް ވިދާޅުވި އެވެ. އަދި ބޮޑު ފުޓްބޯޅަ ދަނޑުތަށް ގާއިމްކުރުމުގެ ސިޔާސަތުގެ ތެރެއިން އެ ސްޓޭޑިއަމް ތަރައްގީކުރުމަށް އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މަތިމަރަދޫގެ މިސްކިތުގެ ޖާގާގެ ދަތިކަން ހައްލުކުރުމަށް އެ އަވަށުގައި، 500 މީހުންގެ މިސްކިތެއް މިސަރުކާރުން އިމާރާތްކުރާނެކަމުގެ ޔަޤީންކަން ލިބިފައިވާކަމަށް ވިސާމް ވިދާޅުވި އެވެ.

އަންނަ އަހަރު ބަޖެޓުގައި ގަމުގެ މަގުތަށް ހެދުން ހިމެނިފައިވާއިރު، ސަރުކާރުގެ ސިޔާސަތަކީ ފެނާ ނަރުދަމާ ގާއިމްކުރުމަށްފަހު މަގުހެދުންކަން އޭނާ ފާހަގަކުރެއްވި އެވެ. އެހެންކަމުން އަންނަ އަހަރު މުންޑޫގެ ފެނާ ނަރުދަމާއާއި، ގަމުގެ ފެނުގެ ނިޒާމް ގާއިމްކުރުމުގެ އަމަލީ މަސެއްކެތް ފެށިގެންދާނެކަން އޭނާ ފާހަގަކުރިއެވެ.

މުންޑޫގެ ބަނދަރު މަރާމާތުކުރުން ބަޖެޓުގައި ހިމެނޭއިރު، އެ ބަޖެޓުގައި ބަނދަރު އަޕްގުރޭޑްކުރުމަށް ކަނޑައަޅާފައިވާ ހަ މިލިއަން ރުފިޔާގެ ތެރެއިން މުކުރިމަގު އަދި ތުނޑީ ބަނދަރު ފުންކުރުމުގެ މަސައްކަތް ކުރެވިގެންދާނެ ކަމަށް ގަބޫލުކުރާކަމަށް ވިސާމް ވިދާޅުވިއެވެ. އަންނަ އަހަރު ގަމުގައި އުމުރުން ދުވަސްވީ މީހުންގެ ސެންޓަރެއް ގާއިމް ކުރުމަށް ބަޖެޓުގައި 7 މިލިއަން ރުފިޔާ ހިމަނާފާވެއެވެ.

ވިސާމް ވިދާޅުވީ ދަތުރުފަތުރުކުރުމުގެ ނިޒާމް ހަރުދަނާ ކުރުމަށް އަނަން އަހަރުގެ ބަޖެޓުގައި 150 މިލިއަން ރުފިޔާ ހިމެނާފައިވާ ކަމަށެވެ. އަލަށް ސަރުކާރުން ދަތުރުފަތުރަށް ހާއްސަކޮށްގެން އުފައްދާ ކުންފިނިން އެ އަތޮޅު ފެރީގެ ނިޒާމް ހަރުދަނާވާނެކަމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން ޓާޝިއަރީ ފެންވަރަށް ތަރައްގީކުރުމަށް ނިންމާފައިވާ 5 ހޮސްޕިޓަލްގެ ތެރޭގައި ގަމު ރީޖަނަލް ހޮސްޕިޓަލް ހިމެނޭއިރު، މިހާރު ހޮސްޕިޓަލަށް ގެންނަ ބަދަލާއިއެކު ކުރިއަށް ދުވަސްތަކުގައި ސީޓީ ސްކޭންގެ ހިދުމަތް ދެވިގެންދާނެ ކަމަށް ވިސާމް ވިދާޅުވިއެވެ. އަދި ފަސް ހޮސްޕިޓަލް ތަރައްގީކުރުމަށް ސަރުކާރުން އަމާޒު ހިފާއިފައިވާކަން ބަޖެޓުން ހާމަވާކަމަށް އޭނާ ފާހަގަކުރިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ލީވާން އަލީ
0%
100%
0%
0%
0%
0%
ކޮމެންޓް