ކ. މާލެ
|
12 ނޮވެންބަރ 2019 | އަންގާރަ 23:47
މިނިސްޓަރ އޮފް ޖެންޑަރ އެންޑް ސޯޝަލް ސާރވިސަސް ޝިދާތާ ޝަރީފް
މިނިސްޓަރ އޮފް ޖެންޑަރ އެންޑް ސޯޝަލް ސާރވިސަސް ޝިދާތާ ޝަރީފް
ރާއްޖެއެމްވީ
ފަލަ ސުރުޚީ
އަނިޔާ ތަހައްމަލް ކުރަމުންދާ އަންހެނުންނަށް ފަރުވާދޭ ލެބެއް ޤާއިމް ކުރަނީ
 
މާލެއާއި އެއް ފެންވަރަށް އަތޮޅު ތެރޭގައިވެސް ޚިދުމަތްތައް ފުޅާކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވި
 
ރިމާންޑް ސެންޓަރ އެއް ޤާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި

ރާއްޖޭގައި އަނިޔާ ތަހައްމަލް ކުރަމުންދާ އަންހެނުންނަށް ފަރުވާދޭ ރެޒިޑެންޝަލް ފެސިލިޓީ ލެބް އެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ގައި ވާހަކަ ދައްކަވަމުން ޝިދާތާ ވިދާޅުވީ އަނިޔާ ތަހައްމަލް ކުރަމުންދާ އަންހެނުންނަށް ފަރުވާދޭ ލެބެއް ޤާއިމް ކުރުމަށް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވާ ކަމަށެވެ.

އެ ޚިދުމަތް ޤާއިމް ކުރެވުމުން އަނިޔާ ތަހައްމަލްކުރާ ކޮންމެ މީހަކުވެސް އެމީހާ އެ ތަހައްމަލް ކުރާ އަނިޔާ އެންމެ ފޯން ކޯލަކުން މުޅި ހާލަތު އެއްކޮށް ބަދަލުވެގެންދާނެ ކަމަށެވެ.

ދެން އިތުރަށް އެމީހާ އަކީ އަނިޔާ ތަހައްމަލް ކުރާ މީހަކަށް ވެގެން ވާނެ މީހެއް ނޫންކަން ޔަގީން ކުރާ ވަރަށް ޚިދުމަތްތައްވެސް ތަރައްޤީކޮށް ސިސްޓަމްވެސް ވަރުގަދަވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެހެން ވެއްޖެ ކަމަށްވަންޏާ އަޅުގަނޑުމެން އެބަޖެހޭ އެފަދަ ފަރާތްތައް ވަގުތީގޮތުން ބެލެހެއްޓޭނެ ނިޒާމެއް ވެސް ގާއިމްކޮށް އެފަދަ ވަސީލަތްތައްވެސް ގާއިމް ކުރަން. އެކަމަށްޓަކައި އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ އެ ވަސީލަތްތައްވެސް އެބަ ގާއިމް ކުރަން
މިނިސްޓަރ އޮފް ޖެންޑަރ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް

މީގެ އިތުރުން މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް އަވަސް ފަރުވާ ދެވޭނެ ނިޒާމެއް ޤާއިމް ކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ރާއްޖެގެ ތިން ސަރަހައްދެއްގައި ރިހިބިލިޓޭޝަންތައް ޤާއިމް ކުރެވިފައިވާ ކަމަށެވެ.

އަދި ކުރިއަށް އޮތް ދުވަސްތަކުގައި ޕްރައިވެޓައިޒް ކުރެވޭނެ ގޮތްތަކަކަށް ނިޒާމް ބަދަލުކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޕްރައިވެޓައިޒް ކުރުމުގެ ބޭނުމަކީ ވީހާވެސް ރަނގަޅު ފެންވަރެއްގައި ވީހާވެސް ގިނަ ފަރާތްތަކަށް އެ ޚިދުމަތް ލިބިގެން ދިއުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ރިމާންޑް ސެންޓަރ އެއް ޤާއިމް ކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ރިމާންޑް ސެންޓަރ އެއްގާއިމްކރުމަކީވެސް ހަގީގަތުގައި ޑްރަގް ޤާނޫނުގައި ޤާނޫނު ވުޖޫދަށް އައިސުރެން ކަނޑައެޅިގެން ވަކި މުއްދަތެއްގެ ތެރޭގައި ޤާއިމް ކުރަން ޖެހޭ ސެންޓަރެއް . އެކަން ވެސް ނުކޮށް އޮތީ. އެކަން ކުރުމަށް ވެސް ވަރަށް ގިނަ މަސއްކަތްތަކެއް ކޮށް ރިމާންޑް ސެންޓަރު ޤާއިމް ކުރާނެ ވަކި ތަނެއް ކަނޑައެޅި އެ މަސައްކަތްވެސް މެޓީރަލައިޒް ކުރުމުގެ މަސައްކަތް ކުރަމުންދަނީ
މިނިސްޓަރ އޮފް ޖެންޑަރ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް

މީގެ އުތުރުން މާލޭގައި ޤާއިމް ކުރެވޭ ޚިދުމަތްތަކެކޭ އެއް ފެންވަރަށް އަތޮޅު ތެރޭގައިވެސް ޚިދުމަތްތައް ފުޅާކުރުމަށް މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް