ކ. މާލެ
|
13 ނޮވެންބަރ 2019 | ބުދަ 00:13
ޝެއިހް ޝުއައިބު އަބްދުއްރަހްމާން
ޝެއިހް ޝުއައިބު އަބްދުއްރަހްމާން
ޓްވިޓަރ
އެންއައިސީއަށް މެމްބަރަކު އައްޔަންކުރުން
އެންއައިސީއަށް މެމްބަރަކު އައްޔަންކުރުން މާދަމާގެ ޖަލްސާގައި، ލިސްޓުގެ އެންމެކުރީގައި ޝުއައިބު!
 
އެންއައިސީ އުފައްދާފައި ވަނީ 2016 ވަނަ އަހަރު
 
ޝުއައިބުއަކީ ޖޭއެސްސީގެ ކުރީގެ މެމްބަރެއް

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެމްބަރު ކަމަށް އައްޔަން ކުރެއްވުމަށްޓައި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ނިންމިގޮތުގެ ރިޕޯޓަށް ވޯޓަށް އެހުމަށް ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.

އެންއައިސީއަށް މެމްބަރަކު އައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ނަންތަކުގެ ތެރެއިން ކޮމެޓީން ދިރާސާކުރުމަށްފަހު، ނަންތައް ތަރުތީބު ކުރިއިރު، ފުރަތަމަ ނަމަކަށް ފާސްކޮށްފައިވަނީ ޝެއިހް ޝުއައިބު އަބްދުއްރަހްމާންގެ ނަމެވެ.

ޝުއައިބުއަކީ މީގެކުރިން، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރެކެވެ. ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި ޝުއައިބު އައްޔަން ކުރައްވާފައިވަނީ، ޖޭއެސްސީގައި އިންނަވާ ޢާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުއްވި މެމްބަރުގެ ގޮތުގަ އެވެ.

އެންއައިސީގެ މެންބަރުކަމަށް އައްޔަން ކުރެއްވުމަށް ރައީސް ސޯލިހު މަޖިލީހަށް ނަންފުޅުތައް ފޮނުއްވެވީ މި މަހުގެ ތިންވަނަ ދުވަހުއެވެ.

އެންއައިސީގެ މެމްބަރު ކަމަށް ރައީސް ފޮނުއްވި ނަންފުޅުތައް، އެ މަނިކުފާނު އިސްކަންދެއްވާފައިވާ ތަރުތީބު:

1. ޝުއައިބު އަބްދުއްރަހްމާން، ދަފްތަރު ނަންބަރު 1188

2. ކާނަލް ރިޓަޔަޑް އަހުމަދު ޖިހާދު، ވ. ދިވެތި

3. ޑރ. މަރިޔަމް ޝަހުނީޒާ ނަސީރު، ތިލަދޫ، ހއ. ދިއްދޫ

4. ހައްވާ ލިއުޝާ، ގ. ތުނޑިވެލި

މި ހަތަރު ބޭފުޅުންނާއި އިންޓަވިއު ކުރެއްވުމަށްފަހު ކޮމެޓީން ވަނީ މި ލިސްޓު ތިނަކަށް ބަދަލުކޮށްފައެވެ.

ކޮމެޓީން ފާސްކޮށް، އިސްކަން ދެއްވި ތަރުތީބު:

1. ޝުއައިބު އަބްދުއްރަހްމާން، ދަފްތަރު ނަންބަރު 1188

2. ކާނަލް ރިޓަޔަޑް އަހުމަދު ޖިހާދު، ވ. ދިވެތި

3. ޑރ. މަރިޔަމް ޝަހުނީޒާ ނަސީރު، ތިލަދޫ، ހއ. ދިއްދޫ

އެންއައިސީގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ އެ ކޮމިޝަންގެ މެމްބަރުކަމުގައި ކުރިން ހުންނެވި މުހައްމަދު ފަރުހާދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން އުފައްދާފައި ވަނީ 2016 ވަނަ އަހަރެއެވެ. އެއީ ފުލުހުންގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި، ކަސްޓަމްސްގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަން އުވާލުމަށް ފަހު އުފައްދާފައިވާ ކޮމިޝަނެކެއެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ބަލަމުންދަނީ ފުލުހުންނާ ގުޅޭ މައްސަލަތަކާއި، ކަސްޓަމްސްއާ ގުޅޭ މައްސަލަތަކުގެ އިތުރުން، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި މޯލްޑިވްސް އިމިގްރޭޝަނާ ގުޅޭ މައްސަލަތަކެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް