ކ. މާލެ
|
12 ނޮވެންބަރ 2019 | އަންގާރަ 15:36
ވާޑޭ ޖޫހުގެ ޕްރޮމޯޝަން
ވާޑޭ ޖޫހުގެ ޕްރޮމޯޝަން
ރާއްޖެއެމްވީ
ވާޑޭ ޖޫސް
ވާޑޭ ޖޫހުގެ ޚާއްސަ ޕްރޮމޯޝަނެއް ފެށިގެން ކުރިއަށްދަނީ
 
މި އަހަރުގެ ތެރޭގައި މި ޖޫހުގެ އިތުރު ވައްތަރުތައް ބާޒާރަށް ނެރޭނެ
 
ވާޑޭ ޖޫސް ޕެކެޓެއްގެ ރީޓެއިލް އަގަކީ 19 ރުފިޔާ
 
މި ޕްރޮމޯޝަން ޑިސެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާނެ

އެޗްއެސްސީ ޔޫރޯއިން އަލަށް ތައާރަފް ކޮށްފައިވާ "ވާޑޭ" ޖޫހުގެ ޚާއްސަ ޕްރޮމޯޝަނެއް ފެށިގެން ކުރިއަށްއެބަދެއެވެ.

މިހިނގާ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު ފެށި މި ޕްރޮމޯޝަން އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، އެޗްއެސްސީ ޔޫރޯ ގެ ފަރާތުން ބުނީ، މި ޕްރޮމޯޝަންގެ ދަށުން ބައްލަވައިގަންނަވާ ވާޑޭ ޖޫސް ޕެކެޓެއްގެ ރީޓެއިލް އަގަކީ 19 ރުފިޔާ ކަމަށެވެ.

އޭގެ އިތުރުން، މި ޕްރޮމޯޝަންގެ ދަށުން ހޯލްސޭލް އަދި ރިސޯޓް ތަކުގެ މާކެޓުގައި ހިމެނޭ ކަސްޓަމަރުންނަށް ޚާއްސަ އަގުތަކެއް ކަނޑައެޅިފައިވާ ކަމަށްވެސް އެޗްއެސްސީ ޔޫރޯއިން މައުލޫމާތު ދެއެވެ.

މި ޖޫހުގެ ތަފާތު 4 ރަހައެއް އެފަރާތުން ވިއްކަމުންދާއިރު، މި އަހަރުގެ ތެރޭގައި މި ޖޫހުގެ އިތުރު ވައްތަރުތައް ބާޒާރަށް ނެރޭނެ ކަމަށްވެސް އެފަރާތުން މައުލޫމާތު ދެއެވެ.

ވާޑޭ ޖޫހަކީ އާންމުންގެ މެދުގައިވެސް ވަރަށް މަޤުބޫލުކަން ލިބިފައިވާ ޖޫހެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް
12 ނޮވެންބަރ 2019 | އަންގާރަ 17:34
ވާޑޭ
މަ ހީހީ ހަލާކު. ތީ ސްޕެނިޝް ބަހެއް ކިޔާގޮތަކީ ވޭރްދޭ. ނުވަތަ ބޭރްދޭ ، މާނައަކީ ފެހި ގްރީން