ކ. މާލެ
|
12 ނޮވެންބަރ 2019 | އަންގާރަ 17:11
ކުނި ގޮނޑު ނައްތާލައި ހަދާފައިވާ ބީޗް
ކުނި ގޮނޑު ނައްތާލައި ހަދާފައިވާ ބީޗް
ރާއްޖެއެމްވީ
މަހިބަދޫ ބީޗް
މަހިބަދޫގެ ދުވަސްވީ ކުނިގޮނޑު ނައްތާލައި ރައްޔިތުންނަށް "ސަޅި" ބީޗެއް!
 
އެ ބީޗް ހެދުމަށް ޖުމްލަ 700 ޓަނުގެ ކުނި ވަނީ ނައްތާލާފަ
 
ބީޗް ހުޅުވާފައިވަނީ ހޯމަ ދުވަހުގެ ހަވީރު

އދ. މަހިބަދޫގެ 18 އަހަރުވީ ދުވަސްވީ ކުނގޮނޑު ނައްތާލައި އެ ސަރަހައްދުގައި އެ ރަށު ކައުންސިލްގެ ފަރާތުން ބީޗެއް ތައްޔާރު ކޮށްދީފިއެވެ.

އެ ބީޗް އެރަށުގައި ރަސްމީކޮށް ހުޅުވާފައިވަނީ ހޯމަ ދުވަހުގެ ހަވީރު އެވެ.

އެ ބީޗަކީ އެރަށު ތުނޑީ ކޮޅުގައި އޮންނަ ދުވަސްވީ ކުނގޮޑު ސަރަހައްދުގައި ތައްޔާރުކުރި ބީޗެއް ކަމަށް ބުނަމުން އެރަށު ކައުންސިލްގެ ރައީސް އަހުމަދު ހަލީލް ވިދާޅުވީ، އެއީ އެރަށުގެ ކުނޑި ގޮނޑު ނައްތާލައިގެން ތައްޔާރުކޮށްފައިވާ ޕަބްލިކް ބީޗެއް ކަމަށެވެ.

ކުރިން ކުނި ގޮނޑު

އިތުރަށް ހަލީލް ވިދާޅުވީ، މަހިބަދޫގައި އެ ތައްޔާރު ކުރި ބީޗަކީ ރާއްޖޭގައި ކުނި ގޮނޑެއް ނައްތާލައިގެން ތައްޔާރުކުރި ފުރަތަމަ ބީޗް ކަމަށެވެ. އަދި އެ ބީޗު ހެދުމަށްޓަކައި ޖުމްލަ 700 ޓަނުގެ ކުނި އެ ގޮނޑުން ނައްތާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، 18 އަހަރުވީ ކުނި ގޮނޑު ނައްތާލައިގެން އެރަށުގައި ބީޗެއް ހެދުމަށް ދޮޅު އަހަރު ހޭދަވި ކަމަށާއި އެފަދަ ބީޗެއް ރައްޔިތުންނަށް ތައްޔާރުކޮށްދިނުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ ރައްކާތެރިކަމާއެކު މޫދަށް އެރެވޭނެ ސަރަހައްދެއް ގާއިމް ކޮށްދިނުން ކަމަށެވެ. އަދި ހަމަ އެއާއެކު އެރަށުގައި ނެތިފައިވާ އަދި ނެތެމުންދާ ގަސްގަހާގެހި އާލާކުރުން ވެސް ހިމެނޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ކުނި ގޮނޑު ނައްތާލައި ހަދާފައިވާ ބީޗް

ކުރިން ކުނި ގޮނޑުގެ ގޮތުގައި ބޭނުންކުރި ސަރަހައްދުގައި ތައްޔާރުކޮށްފައިވާ ބީޗްގައި ފެންވެރޭ ގޮތަށް ޝަވަރު ހަރުކޮށްފައި ހުންނަ އިރު އެ ސަރަހައްދު ފަރުމާ ކޮށްފައިވަނީ ޕިކްނިކް އައިލެންޑް އެއްގެ ގޮތުގައި ވެސް ބޭނުންކުރެވޭނެ ކަހަލަ ގޮތަކަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
5%
95%
0%
0%
0%
0%
ކޮމެންޓް