ކ. މާލެ
|
16 މާރޗް 2017 | ބުރާސްފަތި 02:49
މޮސްކޯ އިންޓަރނޭޝަނަލް އެގްޒިބިޝަންގައި ރާއްޖޭގެ ސްޓޭންޓް
މޮސްކޯ އިންޓަރނޭޝަނަލް އެގްޒިބިޝަންގައި ރާއްޖޭގެ ސްޓޭންޓް
ޓްވިޓަރ
އެމްއެމްޕީއާރްސީ
މޮސްކޯ އިންޓަރނޭޝަނަލް އެގްޒިބިޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ
 
މިފެއަރގައި 10 ރިޒޯޓަކުންނާއި ނުވަ ޓްރެވެލް އެޖެންސީއަކުން ވަނީ ބައިވެރިވެފަ

މޮސްކޯ އިންޓަރނޭޝަނަލް އެގްޒިބިޝަން ޓްރެވެލް އެންޑް ޓުއަރިޒަމް (އެމްއައިޓީޓީ) ގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.

 

ރަޝިޔާގެ މޮސްކޯގައި މި މާރޗް މަހު ސާދައިން ސޯޅައިގެ ނިޔަލަށް ކުރިއަށްދާ މި އެގްޒިބިޝަންއަކީ ރަޝިޔާގައި ބާއްވާ އެންމެ ބޮޑު ޓްރެވެލް އެޒްބިޝަން ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.

 

މިއަހަރު ބާއްވާ 42 ވަނަ އެގްޒިބިޝަންގައި 19 ގައުމަކުން ބައިވެރިވެފައިވާއިރު ރާއްޖޭގެ ފަތުރުވެރިކަން މި އެގްޒިބިޝަނުގައި  ޕްރޮމޯޓް ކުރުމަށް ވަކިން ސްޓޭންޑެއް ވަނީ ބަހައްޓާފައެވެ.

 

ރާއްޖެއިން މިފެއަރގައި 10 ރިޒޯޓަކުންނާއި ނުވަ ޓްރެވެލް އެޖެންސީއަކުން ވަނީ ބައިވެރިވެފައެވެ.

 

މި ތިން  ދުވަހުގެ މުއްދަތުގެ ތެރޭގައި ކުރިއަށްދާ މިފެއަރގައި ރާއްޖޭގެ ފަތުރުވެރިކަން ދައްކުވައިދޭ ތަފާތު ގިނަ މައުލޫމާތު ހިމެނޭ ލީފް ލެޓާއި ފޮޓޯތަކާއި އަދި ތަފާތު އެކި އެޖެންސީތަކުގެ ވެރިންނާއި ބައްދަލުކޮށް މައުލޫމާތު ހިއްސާކުރުން ހިމެނެއެވެ.

 

މީގެ އިތުރުން ވިޔަފާރީގެ އެކި އެކި ބައްދަލުވުންތަކާއި، މިފެއަރގެ ތެރެއިން ސޯޝަލް މިޑިޔާގައި ކުރިއަށްގެންދާ ކެމްޕެއިންގައި ބައިވެރިވާ ފަރާތްތަކަށް ހާއްސަ އިނާމް ވަގުތުން ލިބޭ ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.

 

މިދިޔަ އަހަރުގެ މިފެއަރއަށް އަށާވީސް ހާހަށް ވުރެ ގިނަ މީހުން ވަނީ ޒިޔާރަތްކޮށްފައެވެ. އެގޮތުން 76 އިންސައްތަ މީހުންނަކީ ޓްރެވެލް އެންޑް ޓްރޭޑް ޕްރޮފެޝަނަލުން ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.

 

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ މީހުން ޒިޔާރަތްކޮށްފައިވަނީ ރަޝިޔާއިންނެއެވެ. އެގޮތުން 46،522 މީހުން ވަނީ މިދިޔަ އަހަރު ޒިޔާރަތްކޮށްފައެވެ. މިއީ 2015 ވަނަ އަހަރަށްވުރެ ފަސް އިންސައްތަ އިތުރު އަދަދެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް