ކ. މާލެ
|
12 ނޮވެންބަރ 2019 | އަންގާރަ 14:12
ސުޕްރީމްގެ ކޯޓުގެ އަހަރީ ދުވަހުގެ ކޭކް ފަޅުއްވަނީ--
ސުޕްރީމްގެ ކޯޓުގެ އަހަރީ ދުވަހުގެ ކޭކް ފަޅުއްވަނީ--
ގޫގުލް
ޖޭއެސްސީ
ސުޕްރީމް ކޯޓުގެ 4 ފަނޑިޔާރެއްގެ 51 މައްސަލައާއެކު 200 މައްސަލަ ޖޭއެސްސީއަށް!
 
ފަނޑިޔާރު އާދަމް މުހައްމަދާ ގުޅޭ 16 މައްސަލައެއް އަދި ފަނޑިޔާރު ޣަނީ އާގުޅޭ 3 މައްސަލައެއް
 
ފަނޑިޔާރު އަރީފާ ގުޅޭ 14 މައްސަލައެއް
 
އުއްތަމަ ފަނޑިޔާރާ ގުޅޭ 18 މައްސަލައެއް

ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރެއްގެ 51 މައްސަލައެއް ބަލަމުން އަންނަކަމަށާއި ވޭތުވެދިޔަ ދެ މަސްދުވަހުގެ ތެރޭގައި ފަނޑިޔާރުންގެ ސުލޫކާ ގުޅޭ 200 އެއްހާ މައްސަަލަ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅި ބަލަމުންދާ ކަމަށް އެކޮމިޝަނުން ބުނެފި އެވެ.

ޖޭއެސްސީން އަންގާރަ ދުވަހު އިނގިރޭސި ބަހުން ޢާންމު ކޮށްފައިވާ ބަޔާނެއްގައި ބުނެފައިވާގޮތުން، ޖޭއެސްސީގެ ޤާނޫނަށް މިދިޔަ ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހު ގެނެސްފައިވާ އިސްލާޙުގެ ފަހުން، އެކޮމިޝަނަށް ހުށަހެޅިފައިވާ 200 އެއްހާ މައްސަލައިގެ ތެރޭގައި ހިމެނެނީ، ކޮރަޕްޝަނާއި ޖިންސީ ފުރައްސާރައިގެ އިތުރުން މަޤާމުގެ ނުފޫޒު ބޭނުން ކުރުން ފަދަ ސުލޫކީ މައްސަލަތައް ކަމަށެވެ. އަދި ފަނޑިޔާރަކު ކުރި ޙުކުމަކާ ދެކޮޅަށް ހުށަހެޅޭ އެއްވެސް މައްސަލައެއް އެކޮމިޝަނުން ނުބަލާނެ ކަމަށާއި ފަނޑިޔާރުންނާ ގުޅޭ ސުލޫކީ މައްސަލައެއް އެކޮމިޝަނަށް ހުށަހެޅިއްޖެނަމަ އެމައްސަލައެއް އެއްވެސް ފަސްޖެހުމެއްނެތި، އަދި ލަސްކުރުމެއްނެތި ބަލަމުންދާނެ ކަމަށް ވެސް ޖޭއެސްސީގެ ބަޔާނުގައި ވެއެވެ. އަދި އެކޮމިޝަނުން ޢަމަލު ކުރަމުންދާނީ އެކޮމިޝަނުގެ ޤާނޫނީ ބާރުތަކުގެ ތެރެއިން ކަމަށާއި ޤާނޫނާ ޚިލާފު އެއްވެސް ޢަމަލެއް އެކޮމިޝަނުން ނުކުރާނެ ކަމަށް ވެސް އެބަޔާނުގައި ވެއެވެ.

ޖޭއެސްސީގެ އެބަޔާނުގައި ވާގޮތުން، އެކޮމިޝަނުން ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރެއްގެ 51 މައްސަލައެއް ދަނީ ތަހުޤީޤު ކުރަމުންނެވެ. އޭގެ ތެރޭގައި އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީއާ ގުޅޭ 18 މައްސަލައަކާއި ފަނޑިޔާރު ޢަބްދުﷲ އަރީފުގެ 14 މައްސަލައަކާއި ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲގެ 16 މައްސަލައެއްގެ އިތުރުން ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދާ ގުޅޭ ތިން މައްސަލައެއް އެކޮމިޝަނުން ބަލަމުންދެ އެވެ.

މީގެއިތުރުން، ކްރިމިނަލް ކޯޓުގެ އިސް ޤާޟީ އަޙްމަދު ހައިލަމް ސަސްޕެންޑްކުރި ސަބަބުވެސް އެބަޔާނުގައި ހާމަކޮށްފައި ވެއެވެ. ހައިލަމް ސަސްޕެންޑް ކޮށްފައިވަނީ ވައިބަރ ގްރޫޕަކަށް، އިންސާނުންތަކެއްގެ ކަރުގައި ވާޖަހާ ފޮޓޯއެއް ލުމުން، އެމައްސަލަ އެކޮމިޝަނުން ބަލަން ނިންމައި، އޭނާ އެކޮމިޝަނަށް ޙާޟިރުވާން އެންގުމުން ޙާޟިރުވެފައި ނުވާތީ ކަމަށްވެސް އެބަޔާނުގައި ވެއެވެ.

ސުޕްރީމް ކޯޓްގެ ފަނޑިޔާރުންނަށް ތުހުމަތުކުރެވޭ މައްސަލަތަކުގެ ތެރޭގައި، ޤާނޫނު ހެދުމުގެ ބާރު ކަމަށްވާ ރައްޔިތުންގެ މަޖިލީހަށާއި، ވެރިކަން ހިންގުމުގެ ބާރަށާއި، ދަށު ކޯޓްތަކަށް ތަކުރާރުކޮށް އިންޒާރުދިނުމާއި، ހިއުމަން ރައިޓްސް ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަނާއި ޖޭއެސްސީގެ މަސައްކަތްތަކަށް ހުރަސްއެެޅުން ހިމެނޭ ކަމަށް ޖޭއެސްސީން ބުނެއެވެ. މީގެއިތުރުން، އެ ޝަކުވާތައް ރައްޔިތުން އުފުލާތާ ދިހަވަރަކަށް އަހަރުވެފައިވާކަމަށާއި، ރާއްޖޭގެ ޝަރުޢީ ދާއިރާއާއި ގުޅޭގޮތުން ބޭރުގެ ބައެއް ފަރާތްތަކުން އެކުލަވާލާފައިވާ ރިޕޯޓްތަކުންވެސް އެކަން ހާމަވެފައިވާކަމަށް ޖޭއެސްސީގެ ބަޔާނުގައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
67%
0%
33%
0%
0%
ކޮމެންޓް