ކ. މާލެ
|
12 ނޮވެންބަރ 2019 | އަންގާރަ 08:47
ލަވަ ކިޔުންތެރިޔާ ލަތާ
ލަވަ ކިޔުންތެރިޔާ ލަތާ
ގޫގުލް
ލަތާ މަންގޭޝްކަރް
ލަތާގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުން!
 
މިހާރު ލަތާގެ އުމުރަކީ 90 އަހަރު
 
ލަތާ ހޮސްޕިޓަލަށް ގެންދިޔައީ އިއްޔެ މެންދުރު ނޭވާލާން އުނދަގޫ ތަކެއްވާތީ

ބޮލީވުޑްގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރް ގެ ހާލު މަޑުމަޑުން ރަނގަޅު ވަމުން އަންނަ ކަމަށް ލަތާގެ އާއިލާއިން ބުނެފިއެވެ.

ނޭވާލުމަށް އުނދަގޫތަކެއް ވާތީ ލަތާ ހޮސްޕިޓަލަށް ގެންދިޔައީ ހޯމަ ދުވަހުގެ މެންދުރުފަހުގައި ކަމަށް ބޮލީވުޑް ޚަބަރުތައް ބުނެއެވެ.

ލަތާގެ އާއިލާއާއި ހަވާލާދީ މީޑިއާތަކުގައި ބުނެފައިވަނީ މިވަގުތު ފަރުވާދެމުންދަނީ އައިސީޔޫގެ އޮބްޒަވޭޝަންގައި ކަމަށެވެ. އެހެން ނަމަވެސް ކުރިޔަށް ވުރެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ރިޕޯޓްތަކުގައި ވެއެވެ.

ލަތާ ވަނީ ގިނަ އަދަދެއްގެ ލަވަތައް ކިޔައި ބެލުންތެރިންގެ ހިތްތައް އަތުލާފައެވެ. އޭނާގެ ރީތި އަޑުން އެއް އެތައް ހާސް ލަވަތަކެއް ކިޔާފައިވެއެވެ.

ލަތާގެ ހިތްގައިމު އަދި އަޑު އަހާލަން ފަސޭހަ ލަވަ ތަކުގެ ތެރޭގައި "ތުމްސޭ ނަޒަރް" އާއި "ބާހޯމެ ޗަލެ އާއޯ" ގެ އިތުރުން "މެހްބޫބު މެރޭ" ފަދަ ބެލުންތެރިންގެ މެދުގައި މަޤުބޫލުވެގެންދިޔަ ލަވަތައް ފާހަގަކޮށްލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް