ކ. މާލެ
|
12 ނޮވެންބަރ 2019 | އަންގާރަ 00:27
އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ (މ)
އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ (މ)
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ޖޭއެސްސީ
ޖޭއެއެސްސީގެ ނޯޓިސް ހަވާލުކުރަން ދިޔުމުން، އުއްތަމަ ފަނޑިޔާރު ޖެއްސެވީ މޫނު މައްޗަށް ދޮރު!
 
ނޯޓިސް ހަވާލުކުރަން މަސައްކަތްކުރީ ޖޭއެސްސީގެ މުވައްޒިފެއް

ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޒިރުވާން އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީއަށް ފޮނުވި ނޯޓިހާ އެމަނިކުފާނު ހަވާލު ނުވިއެވެ.

ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ، އެ ކޮމިޝަނުން ބަލަމުންދާ ސުލޫކީ މައްސަލައަކާ ގުޅިގެން ތަހުގީގު ކޮމިޓީއަށް ހާޒިރުވުމަށް އުއްތަމަ ފަނޑިޔާރަށް ހަވާލުކުރަންޖެހޭ ނޯޓިހެއް، ކޮމިޝަންގެ މުވައްޒަފެއް އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅަށް ގޮސް ހަވާލުކުރުމަށް މަސައްކަތް ކުރެވުނު ކަމަށެވެ.

ނަމަވެސް ޖޭއެސްސީން ބުނީ، އެ ކޮމިޝަންގެ މުވައްޒަފު އުއްތަމަ ފަނޑިޔާރާ ނޯޓިސް ހަވާލުކުރަން މަސައްކަތް ކުރުމުން އެމަނިކުފާނު މުވައްޒަފުގެ މައުލޫމާތު ހޯއްދެވި ކަމަށެވެ. އަދި މުވައްޒަފުގެ މައުލޫމާތު ދިނުމުން ނޯޓިހާ ހަވާލުވެވަޑައިނުގެން އުއްތަމަ ފަނޑިޔާރު ވަނީ ގެކޮޅަށް ވެންނެވުމަށްފަހު ދޮރު ލައްޕަވާފައި ކަމަށްވެސް ޖޭއެސްސީން ބުނިއެވެ.

މީގެއިތުރުން ޖޭއެސްސީން ބުނީ، އުއްތަމަ ފަނޑިޔާރު އެފަދައިން އަމަލުކުރެއްވިއިރު އެ ކޮމިޝަނުން ބަލަމުންދާ ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރެއްގެ މައްސަލައިގައި ތަހްގީގު ކޮމިޓީއަށް ހަޒިރުކުރުމަށްޓަކައި އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ އިމާރާތގައި ދިރިއުޅުއްވާ އެ ފަނޑިޔާރާ ނޯޓިސް ހަވާލުކުރަން މަސައްކަތް ކުރުމުން، އެ ފަނޑިޔާރު ވަނީ ނޯޓިހާ ހަވާލުވެފަ ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
44%
10%
0%
27%
8%
10%
ކޮމެންޓް
12 ނޮވެންބަރ 2019 | އަންގާރަ 06:36
ރޯއީ
ދެން ފެންނާނީ ކޯޓަށް ވަދެ ދޮރުޔަޅުލައިގެން އުޅޭތަން. ޢަނެއްކާ ޓިނުނަގަންތާ މިޖެހެނީ. ކޮބާ މުހުސިނު؟ އާދޭ އާދޭ!