ކ. މާލެ
|
11 ނޮވެންބަރ 2019 | ހޯމަ 17:15
އީވޯ މޮރާލެސް މަޤާމުގެސް އިސްތިއުފާ ޓީވީ މެދުވެރިކޮށް އިޢުލާން ކުރައްވަނީ
އީވޯ މޮރާލެސް މަޤާމުގެސް އިސްތިއުފާ ޓީވީ މެދުވެރިކޮށް އިޢުލާން ކުރައްވަނީ
ދި ގާޑިއަން
ބޮލީވިއާ ރައީސް އިސްތިއުފާ
ބޮލީވިއާގެ ރައީސް މަޤާމުން އިސްތިޢުފާ ދެއްވައިފި
 
މޮރާލެސް އަކީ ލެޓިން އެމެރިކާގައި އެންމެ ދުވަސްވީ ލީޑަރު
 
ބޮލީވީއާގެ އަސްކަރިއްޔާއިން ވަނީ މޮރާލެސް އިސްތިޢުފާ ދިނުމަށް ގޮވާލައްވާފައި

ބޮލީވިއާގެ ރައީސް މަޤާމުން އިސްތިޢުފާ ދެއްވައި އެކަން އިޢުލާން ކުރައްވައިފިއެވެ.

ބޮލީވިއާގެ ރައީސް އީވޯ މޮރާލެސް މަޤާމުގެ އިސްތިޢުފާ އިޢުލާންކުރެއްވީ ޓީވީ މެދުވެރިކޮށް ދެއްވި ތަޤުރީރެއްގައެވެ. އިސްތިޢުފާ ސިޓީ ރަސްމީކޮށް ކޮންގްރެސްއަށް ފޮނުވާނެކަން އިޢުލާންކުރައްވައި މޮރާލެސް ވިދާޅުވީ ވެރިކަމުން ވަކިވެވަޑައިގަންނަވަނީ ރައްޔިތުންގެ މަންފާއާއި ލާބައަށް ކަމަށެވެ. އަދި ޤައުމަށް ރަނގަޅަކަށް ކަމަށެވެ.

މޮރާލެސް މަޤާމުން އިސްތިޢުފާ ދެއްވިކަން އިޢުލާން ކުރައްވާފައި މިވަނީ މިދިޔަމަހުގެ ވިހި ވަނަ ދުވަހު އެޤައުމުގައި ބޭއްވި އިންތިޚާބު އިންސާފުވެރި ނޫންކަމަށް ބުނެ އެޤައުމުގެ ރައްޔިތުންނާއި އިދިކޮޅު ފަރާތްތަކުން މުޒާހަރާކުރަމުން ދަނިކޮށެވެ. އަދި ބައިނަލް އަޤުވާމީ އޮޑިޓް ފާރަމަކުންވެސް ވަނީ އިންތިޚާބުގައި ސީރިއަސް މައްސަލަތަކެއް ހުރިކަމަށް ބުނެ އިންތިޚާބުގެ ނަތީޖާ ކަށަވަރުނުކުރެވޭކަމަށް ބުނެފައެވެ.

މޮރާލެސް މަޤާމުން އިސްތިޢުފާ ދެއްވާކަން އިޢުލާން ކުރައްވާފައިވަނީ އޭނާ މަޤާމުން އިސްތިޢުފާ ދިނުމަށް އެޤައުމުގެ އަސްކަރިއްޔާގެ އިސްވެރިޔާ ކޮމާންޑަރ ވިލިއަމްސް ކަލިމަންވެސް ގޮވާލާފައިވަނިކޮށްނެވެ. ޓީވީ މެދުވެރި ކުރައްވާ ވިލިއަމްސް މޮރާލެސްއަށް އާދީއްތަ ދުވަހު ދެއްވި މެސެޖުގައި ވިދާޅުވީ، ބޮލީވިއާގައި ޞުލްޙަ މަސަލަސްކަން ޤާއިމު ކުރުމަށް މިވަގުތައް އެންމެ އެދެވޭ ގޮތަކީ ރައީސް މޮރާލެސް މަޤާމުން އިސްތިޢުފާ ދިނުންކަމުގައެވެ،

މޮރާލެސް އަކީ ލެޓިން އެމެރިކާގެ ޤައުމެއްގައި އެންމެ ދުވަހު ވެރިކަން ކުރެއްވި ލީޑަރެވެ. އޭނާ ރައީސްކަން ކުރައްވާތާ މިއީ 13 ވަނަ އަހަރެވެ. މިދިޔަ މަހުގެ ވިހި ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ މޮރާލެސް ކަމަށް އޭނާ ޤަބޫލްކުރައްވައެވެ. އިންތިޚާބާއި ގުޅިގެން ސަރުކާރާއި ދެކޮޅުވެރިކަމުގައި އަޑުއުފުލަމުންދާ މީހުން ބުނެފައިވަނީ ސަރުކާރުގެ ތެރެއިން މޮރާލެސްއަށް އިންތިޚާބު ކާމިޔާބުވާ ފަދަ ގޮތަކަށް އިންތިޚާބުގެ ކަންކަން އިންތިޒާމުކޮށްފައިވާކަމަށެވެ. އިންތިޚާބާއި ގުޅިގެން އެޤައުމުގައި ކުރިޔަށްދިޔަ މުޒާހަރާތަކުގައި ތިން މީހުން މަރުވެ އެތައް ސަތޭކަ މީހުން ޒަޚަމްވިއެވެ.

މޮރާލެސް މަޤާމުގެ އިސްތިޢުފާ އިޢުލާން ކުރެއްވުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ދަނީ އުފާ ފާޅުކުރަމުންނެވެ. އެމީހުން ބުނަމުން ދަނީ ޚުދު މުޚުތާރު ވެރިޔަކު ކިބައިން ޤައުމު ސަލާމަތްވެއްޖެ ކަމަށާއި، މިހާރު ހަޤީޤީ މިނިވަންކަން އިޙުސާސް ކުރެވޭ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
50%
0%
50%
0%
ކޮމެންޓް