ކ. މާލެ
|
11 ނޮވެންބަރ 2019 | ހޯމަ 08:17
ޑރ. އަފްރާޝިމް އާއި ރައުދާ އާތިފް
ޑރ. އަފްރާޝިމް އާއި ރައުދާ އާތިފް
ގޫގުލް
ރިޔާސީ ކޮމިޝަން
ޑރ. އަފްރާޝިމާއި ރައުދާގެ މަރުގެ ރިޕޯޓް މިހަފުތާ ތެރޭގައި ޢާއްމުކުރަނީ
 
އިންސާފު ހޯދައިދިނުމަކީ ސަރުކާރުގެ ވައުދެއް
 
ޑރ. އަފްރާޝިމްގެ މަރުގެ މައްސަލާގައި މީހަކު ހޯދަން ރިޔާސީ ކޮމިޝަނުން އިއުލާން ކުރި
 
ފައިނަލް ރިޕޯޓް ރައީސް އޮފީހަށް ފޮނުވާފައިވަނީ މިދިޔަ ހަފްތާގައި

އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލާފައި އޮއްވާ ފެނުނު ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝިމާއި، ބަންގްލަދޭޝް ގައި މަރުވި ރައުދާ އާތިފްގެ މަރުގެ މައްސަލާގައި ރިޔާސީ ކޮމިޝަނުން ތައްޔާރު ކުރި ރިޕޯޓް މި ހަފުތާ ތެރޭގައި ޢާއްމު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އުފައްދަވާފައިވާ ކޮމިޝަނުން ޑރ. އަފްރާޝިމާއި، ރައުދާގެ މަރުގެ މައްސަލަ ބަލާ ނިންމި ގޮތުގެ ރިޕޯޓް ރައީސް އޮފީހަށް ފޮނުވާފައިވަނީ ނިމިގެން ދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުއެވެ.

ޑރ އަފްރާޝީމް އަލީ އަވަހާރަކޮށްލާފައިވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 1 ވަނަ ދުވަހުގެ ރޭ ދަންވަރު އެމަނިކުފާނު ދިރިއުޅުއްވާ ގެ ހ. ފުންވިލުގެ ސިޑި ކައިރިންނެވެ. މިމައްސަލާގައި މިހާތަނަށް އާއިރު ޙުކުމް އިއްވާފައިވަނީ ޙުސައިން ހުމާމަށް އެކަންޏެވެ. ހުމާމްގެ މައްޗަށް ވަނީ މަރުގެ ޙުކުމް އިއްވާފަ އެވެ.

ޑރ އަފްރާޝީމްގެ މަރުގެ މައްސަލާގައި މީހަކު ހޯދުމަށް މަރު ކޮމިޝަނުން ވީޑިއޯއެއް ޢާއްމު ކުރިއެވެ. އަދި އެމައްސަލާގައި ޝާމިލުވާ ހުރިހާ ފަރާތްތައް ހޯދިފައިވާކަމަށް ކޮމިޝަނުން މީގެކުރިން ވަނީ ބުނެފަ އެވެ. ބަންގްލަދޭޝް ގައި ކިޔަވަން ހުރި ރައުދާ ދަންޖެހިފައި ހުއްޓާ ފެނިފައިވަނީ 2017 ވަނަ އަހަރުގެ މާރޗް މަހުގެ 29 ވަނަ ދުވަހު އޭނާ ދިރިއުޅެމުން ދިޔަ ކޮޓަރިންނެވެ.

ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، މައްސަލައިގެ ފައިނަލް ރިޕޯޓް، އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި އެ ދެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ކުރިއަށް ގެންދިޔުމަށްޓަކައި، މި ހަފުތާގެ ތެރޭގައި ކަމާގުޅޭ އިދާރާތަކަށް ފޮނުއްވަވައި، ރިޕޯޓުގެ މަޢުލޫމާތު ހާމަކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލައި އެ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަކީ ސަރުކާރުގެ ވައުދެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
100%
0%
ކޮމެންޓް