ކ. މާލެ
|
11 ނޮވެންބަރ 2019 | ހޯމަ 08:30
ދައުވަތުގެ ޕޯސްޓަރެއް
ދައުވަތުގެ ޕޯސްޓަރެއް
ފޭސްބުކް
ދައުވަތު
"ދައުވަތު" މި މަހު 12ގައި ބައިސްކޯފަށް!
 
ފިލްމުގެ ޑައިރެކްޓަރަކީ ޔޫއްޕެ
 
ދައުވަތު ރިލީޒްކުރީ މި އަހަރުގެ ޖޫން މަހުގައި

ވީޓީވީން އުފެއްދި ފުރަތަމަ ފީޗަރ ފިލްމު "ދައުވަތު" މި ހިނގާ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު ބައިސްކޯފުން ބަލާލަން ލިބޭނެ ކަމަށް ޚަބަރުތައް ބުނަން ފަށައިފިއެވެ.

މި މަހަކީ ބައިސްކޯފު އެޕް ވުޖޫތުވިތާ އެއް އަހަރުފުރޭ މަސްކަން ފާހަގަކޮށްލެވެއެވެ. އެކަމާއި ގުޅިގެން ބައިސްކޯފުން އަންނަނީ ބެލުންތެރިންނަށް ރީތި ގިނަ ފިލްމުތަކެއް ގެނެސްދޭން ތައްޔާރުވަމުންނެވެ.

"ދައުވަތު" އަކީ ޔޫސުފް ޝަފީއު ޑައިރެކްޓްކޮށް މިދިޔަ ޖޫން މަހުގެ ތެރޭގައި ސިނަމާތަކަށް ގެނައި ބިރުވެރި ފިލްމެކެވެ. އެ ފިލްމަކީ ސިހުރުގެ ސަބަބުން ދެމަފިރިއެއްގެ ދިރިއުޅުން ހަލާކުވެގެންދާ މަންޒަރުތަކެއް ދައްކުވައިދޭ ފިލްމެކެވެ.

ރާއްޖޭގެ ދެކުނުގެ ރަށެއްގައި ދިމާވި ހަގީގީ ހާދިސާ އެއްގެ މައްޗަށް އުފައްދާފައިވާ އެ ފިލްމުގެ ގިނަ ޝޯވ ތަކެއް އޮލިމްޕަހުގެ އިތުރުން ރާއްޖޭގެ ގިނަ ރަށްރަށުގައި ވަނީ ދައްކާފައެވެ.

ބޮސް އާއި މާޔޫސްގެ ޕޯސްޓަރެއް

"ދައުވަތު" ގެ ލީޑު ރޯލުން ފެނިގެންދަނީ މަރިޔަމް އައްޒަ އާއި އަލީ އާޒިމެވެ. އެ ފިލްމުގެ މުހިއްމު ރޯލަކުން އަހުމަދު އީސަ (އާނަންދު) ވެސް ފެނެއެވެ. އޭގެ އިތުރަށް މުހައްމަދު ފައިސަލް އާއި ޒިޔާދާގެ އެކްޓިން ވެސް "ދައުވަތު" އިން ފެނެއެވެ.

އެ ފިލްމުގެ އިތުރުން "ބޮސް" އާއި "މާޔޫސް" ވެސް މި މަހުގެ ތެރޭގައި ބައިސްކޯފަށް އަންނާނެއެވެ. "މާޔޫސް" އަކީ މަހުދީ އަހްމަދު ޕްރޮޑިއުސްކޮށް ރިލީޒްނުވެ އޮތް ފިލްމެކެވެ. "ބޮސް" އަކީ ފާތިމަތު ނަހުލާގެ މޮޅު ފިލްމުތަކުގެ ލިސްޓަށް 2017 ވަނަ އަހަރު އިތުރުވި ލޯބީގެ ފިލްމެކެވެ.

އެ ތިން ފިލްމުގެ އިތުރުން މުޅިން އާ ޑްރާމާ ސިލްސިލާއެއް ކަމަށްވާ "ހާސާ" ވެސް މި މަހު އެ އެޕުން ސްޓްރީމްކުރަން ފަށާނެއެވެ. އެއީ ފާތިމަތު އާޒިފާ ލީޑު ރޯލު ކުޅެ މުހައްމަދު މަނިކު ޑައިރެކްޓްކޮށްފައިވާ ޑްރާމާއެއް ކަން ފާހަގަކޮށްލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
100%
ކޮމެންޓް
13 ނޮވެންބަރ 2019 | ބުދަ 19:26
މަރީ
ދައުވަތު ވަރަށް ހަޑި ތާކުންތާކު ނުޖެހޭ