ކ. މާލެ
|
10 ނޮވެންބަރ 2019 | އާދީއްތަ 18:22
ބޮޑީ ބިލްޑިންގ މުބާރާތުގެ ތެރެއިން
ބޮޑީ ބިލްޑިންގ މުބާރާތުގެ ތެރެއިން
ޓްވިޓަރ
ރައީސް ސޯލިހް
ރާއްޖޭގެ ބޮޑީބިލްޑިންގ ޓީމަށާއި ބެޑްމިންޓަން ޓީމަށް ރައީސް ސޯލިހް މަރްހަބާ ދަންނަވައިފި
 
ނަބާހާ އަދި ޒަޔާންގެ ޕެއާއިން ވަނީ މިކްސް ޑަބަލްއިން ރަން މެޑަލް ކާމިޔާބުކޮށްފަ
 
ނަބީހާ އަދި ނަބާހާގެ ޕެއާއިން ވަނީ ޑަބަލްސް އިވެންޓް އިން ރަން މެޑަލް ހޯދައިފަ
 
ރާއްޖޭގެ ދެ ބޮޑީބިލްޑަރުން ވަނީ ލޯ މެޑަލް ހޯދައިފައި

ރާއްޖޭގެ ބޮޑީބިލްޑިންގ ޓީމުން ރާއްޖެއަށް ރީތި ނަން ހޯދައިދިން ކުޅުންތެރިންނަށާއި، ބެޑްމިންޓަނުން ރަން މެޑަލް ކާމިޔާބުކުރި ކުޅުންތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މަރުހަބާ ދަންނަވައިފިއެވެ.

ރައީސް ސޯލިހް އާދީއްތަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ހަފުތާއަކީ ރާއްޖޭގެ ކުޅިވަރަށް އިންޓަނޭޝަނަލީ ކާމިޔާބު އަހަރެއް ކަމަށާއި އެގޮތުން ކޮރެޔާގައި ކުރިޔަށްދިޔަ ވޯލްޑް ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕް އިން ރާއްޖޭގެ މުހައްމަދު މޫސާ އަދި އަޒްނީން ރަޝާދު ލޯ މެޑަލް ހޯދައިފައިވާތީ އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ. މީގެއިތުރުން ރައީސް ސޯލިހް ވަނީ ބެޑްމިންޓަން ވޯލްޑް ފެޑަރޭޝަނުން އެންޑޯސްކޮށްފައިވާ މުބާރާތުން ރާއްޖޭގެ ނަބާހާ، ނަބީހާ އަދި ޒަޔާން ހޯދި ކާމިޔާބީ ފާހަގަކޮށް މަރުހަބާ ދަންނަވައިފައެވެ.

ރާއްޖޭގެ ބޮޑީ ބިލްޑަރުން އަންނަނީ ބޭރުގައި ބޭއްވޭ ގިނަ މުބާރާތް ތަކުން ރަންވަނަ ތަކެއް ހާސިލް ކުރަމުންނެވެ. އެގޮތުން ނޭޕާލުގައި ބޭއްވި ދެކުނު އޭޝިއާގެ ބޮޑީބިލްޑިންގ މުބާރާތުން ވެސް ރާއްޖޭގެ ބޮޑީބިލްޑަރުން ވަނީ ރަން ވަނަ ތަކެއް ހާސިލްކޮށްފައެވެ. މީގެ އިތުރުން ސަރުކާރުން އަންނަނީ ބޮޑީބިލްޑީންގ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ބޮޑީބިލްޑިންގ އެކޭ އެއްފަދައިން ސަރުކާރުން އަންނަނީ ބޭޑްމިންޓަން ކުރިއެރުވުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދާދިފަހުން ވަނީ ފެންވަރު ރަނގަޅު ބެޑްމިންޓަން ކޯޓުތަކެއް އައްޑޫގައި އަޅައިފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް