ކ. މާލެ
|
10 ނޮވެންބަރ 2019 | އާދީއްތަ 17:32
ޖެނެރަލް ޑީޑީއާ އާދަމް ޝަރީފް
ޖެނެރަލް ޑީޑީއާ އާދަމް ޝަރީފް
ރާއްޖެއެމްވީ
ރައްޔިތުންގެ މަޖިލީސް
ޓްވިޓަރ ގައި އާދަމް ޝަރީފް އާއި ޑީޑީގެ ކޯޅުމެއް!
 
ބަޔަކު ދޭހާ ލިޔުމަކަށް އޮޕަރޭޝަންސް ހިންގުމަށް ޑިފެންސް މިނިސްޓަރު އަމަލުކުރަން ހެޔޮނުވާނެ ކަމަށް ޑީޑީ ވިދާޅުވި
 
''ރޯމާ ދުވާލު'' މަޖިލީހުން މެމްބަރުން ބޭރު ކުރީ ކޮން ގާނޫނަކުންތޯ ވިދާޅުވެ ސުވާލު އުފެއްދެވި

ކުރީގެ ޑިފެންްސް މިނިސްޓަރު އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފް އާއި ރިޓަޔާޑް ބްރިގޭޑިޔާ ޖެނެރަލް އިބްރާހީމް މުހައްމަދު ދީދީއާ ދެ ބޭފުޅުން ޓްވިޓަރ ގައި ހޫނު ޒުވާބެއް ހިނގައިފިއެވެ.

ދެ ބޭފުޅުންގެ ދެމެދު އަރާރުން އުފެދުނީ، އާދަމް ޝަރީފް ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ. ގާޒީ ހައިލަމްގެ ހަަބަރަކާ އެކު އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސަސްޕެންޑް ކޮށްފައިވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް އަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރި މީހުން ހޯދައި ތަހުގީގު އަވަސް ކުރަން ޖެހޭ ކަމަށެވެ.

އަދި އެފަދަ މައްސަލަ ތަކުގައި ޕީޖީއާއީ ޕޮލިހުން އިސްވެ މަސައްކަތް ކުރަން ޖެހޭ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރުކަން ކުރެއްވި ޝަރީފް ވިދާޅުވިއެވެ. މިހާރު ގާނޫނު މިދަނީ ގާނޫނު އަސާސީގެ 42، 141، 142 ގެ ބާރު ކެނޑެމުން ކަމަށް ޓްވީޓް ނިންމަވާލައްވަމުން އޭނާ ވިދާޅުވިއެވެ.

ޝަރީފް ކުރެއްވި ޓްވީޓަށް ރައްދު ދެއްވަމުން، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު ދީދީ ސުވާލު އުފެއްދެވިއެވެ. 2017 ވަަނަ އަހަރު އާދަމް ޝަރީފް ޑިފެންސް މިނިސްޓަރުގެ މަގާމުގައި ސުޕްރީމް ކޯޓުން ނުފޫޒު އޮވެގެން ޓެރަރިޒަމްގެ ތުހުމަތުކޮށް ''ރޯމާ ދުވާލު'' ރައްޔިތުންގެ މަޖިލިސް ހިސާރު ކުރިއިރު ގާނޫނު އަސާސީގެ އެ މާއްދާތައް ނެތްތޯ ވިދާޅުވެ ދީދީ ސުވާލު އުފެއްދެވިއެވެ.

އެ ޓްވީޓްގެ ޖަވާބުގައި މަޑުއްވަރީ ދާއިރާގެ މެމްބަރު ވިދާޅުވީ، މަޖިލީހުގައި ސިފައިން އޮޕަރޭޝަން ހިންގީ މަޖިލީހުން ލިޔުމުން ދީފައިވާ މައުލޫމާތުގެ އަލީގައި ކަމަށެވެ. ގާނޫނު އަސާސީގެ 239 މާއްދާގައި ސަލާމާތީ ހިދުމަތް ތަކުގެ މައްޗަށް މަޖިލީހަށް ބާރު ހިންގޭނެކަން ފާހަގަ ކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ، މަޖިލީހުން އެދުނީމާ އެކަން ކުރެއްވި ކަމަށާއި، މެމްބަރުންނަށް ގާނޫނު ތަކަށްވުރެ މަތިން މަސައްކަތް ނުކުރެއްވޭނެ ކަމަށެވެ.

އާދަމް ޝަރީފް އަށް ރައްދު ދެއްވައި ފާޑު ކިޔުއްވަމުން ޑީޑީ ވިދާޅުވީ، ބަޔަކު ދޭހާ ލިޔުމަކަށް އޮޕަރޭޝަންސް ހިންގުމަށް ޑިފެންސް މިނިސްޓަރު އަމަލުކުރަން ހެޔޮނުވާނެ ކަމަށެވެ. އެހެން ނޫނަސް ސަލާމަތީ ހިދުމަތް މެދުވެރިކޮށް އެއްބާރު އަނެއް ބާރަށް އަރައިގަތުމަށްވުރެ ރަނގަޅު މިސާލެއް ކޮބާއިތޯ ވިދާޅުވެ ޑިޑީ އިތުރަށް ސުވާލު އުފެއްދެވިއެވެ.

ސިފައިން އެ ދުވަހު އޮޕަރޭޝަން ހިންގީ ތިބޭފުޅާ (އާދަމް ޝަރީފް) ސިފައިންނަށް އޮޅުވައިލައްވައިގެން ފޭކް އިންފޮމޭޝަން ދެއްވައިގެން
އިބްރާހިމް މުހައްމަދު ދީދީ ~ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު

އޭގެ ފަހުން ވެސް ޑީޑީ ގެންދެވީ އާދަމް ޝަރީފްގެ ޓްވީޓަށް އެކި ގޮތްގޮތުން ރަށްދު ދެއްވަމުންނެވެ. އެހެން ނަމަވެސް ފަހުން އާދަމް ޝަރީފް އެއްޗެއް ވިދާޅެއް ނުވެއެވެ.

18 ވަނަ ރައްޔިތުން މަޖިލީހުގެ ޖަލްސާއަށް ސިފައިން ވަދެ، މެންބަރުންގެ ގަޔަށް އަތްލައި ހިންގި ކަންތައްތަކަށް ފަހު އާދަމް ޝަރީފްގެ އޯޑިއޯ އެއް ލީކުވިއެވެ. މަޖިލީހުގެ ޖަލްސާގެ ސެކިއުރިޓީގައި ހުންނެވި ނަމަ "ކޮންމެ ވެސް މީހެއްގެ ދަތްދޮޅި ދުއްވާލީމުސް" ކަމަށް އެ އޯޑިއޯގައި އޭރުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވެފައިވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
13%
25%
3%
28%
19%
13%
ކޮމެންޓް
10 ނޮވެންބަރ 2019 | އާދީއްތަ 18:32
ޭއެދުރު ހަސަން.
ޢާދަމް ޝަރީފުތަ؟.އެއީ ބޮޑު ރަނޑެއް.
10 ނޮވެންބަރ 2019 | އާދީއްތަ 18:27
ބުރިގާޑިޔާ
ޔާމިންމެންގެ ދަޣުރުގައި އޮއްނަނީ ދަތްދޮޅީގެ ހުކުމް ދެންކޮންހާ ހަޑި ވާހަކައެއް ތިދައްކަނީ !!!