ކ. މާލެ
|
10 ނޮވެންބަރ 2019 | އާދީއްތަ 09:09
އިނގިރޭސިވިލާތުގައި ފެންބޮޑުވެފައި
އިނގިރޭސިވިލާތުގައި ފެންބޮޑުވެފައި
ގޫގުލް
އިނގިރޭސިވިލާތް
ބޯކޮށް ވާރޭވެހި އިނގިރޭސިވިލާތުގެ އުތުރާއި މެދުތެރޭގެ ބައެއް ޞަރަޙައްދުތަކުގައި ފެންބޮޑުވެއްޖެ
 
ފެންބޮޑުވުމުގެ ސަބަބުން ބައެއް ގެ ތަކުގައި ނޫޅެވޭ ވަރަށް ވަނީ ފެންބޮޑުވެފައި
 
ފެންބޮޑުވި ހާދިސާގައި އެކަކު ވަނީ މަރުވެފައި

އިނގިރޭސިވިލާތުގެ އުތުރާއި މެދުތެރޭގެ ޞަރަޙައްދުތަކަށް ބޯކޮށް ވާރޭ ވެހި ފެން ބޮޑުވެއްޖެއެވެ.

ޚަބަރުތައް ބުނާގޮތުގައި އެ ޞަރަޙައްދުތަކަށް އެއް މަސް ދުވަހުން ވާރޭ ވެހޭ މިންވަރަށް އެއް ދުވަހުން ވެހިފައިވެއެވެ.

ބައެއް ޞަރަޙައްދުތަކަށް 112 މިލި މީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ރިޕޯޓްތަކުން ބުނާއިރު، އިނގިރޭސިވިލާތުގެ 110 ސަރަހައްދަކަށް މިހާރު ވަނީ ފެންބޮޑުވެދާނެކަމުގެ އިންޒާރު ދީފައެވެ.

އިނގިރޭސިވިލާތުގެ ފުލުހުންނާއި ޙަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ އެ ޤައުމަށް ކުރަމުންދާ ވިއްސާރާގައި އަންހެނަކު މަރުވެފައިވާ ކަމަށެވެ. އެމީހާގެ ހަށިގަނޑު ފެނިފައިވަނީ ޑާބީޝިއާ ޞަރަޙައްދުގެ ޑާލޭޑޭލްގައިވާ ޑާވެންޓް ކޯރުން ކަމަށް ވެސް ޚަބަރުތައް ބުނެއެވެ.

ފިނިމޫސުން ފެށުމާއެކު އެ ޤައުމަށް ކުރަމުންދާ ވިއްސާރާގައި ބައެއް އަވަށްތަކުގެ ގެތަކަށް ފެންވަދެ ދިރިއުޅުމަށް ދަތިއުދަގޫވެފައިވާކަމަށް އިގިރޭސިވިލާތުގެ މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އިނގިރިސޭވިލާތުގެ އުތުރާއި މެދުތެރޭގެ ޞަރަޙައްދުތަކަށް ފެންބޮޑުވެދާނެކަމަށް ލަފާކޮށް ތިމާވެއްޓަށް މަސައްކަތްކުރާ އެޖެންސީތަކުން އެކަމާގުޅޭ 150 އަށްވުރެ ގިނަ އެލަރޓް ނެރެފައިވާކަމަށް ޚަހަބަރުތައް ބުނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް