ކ. މާލެ
|
10 ނޮވެންބަރ 2019 | އާދީއްތަ 09:12
ލިއޮނަލް މެސީ
ލިއޮނަލް މެސީ
ގެޓީ އިމޭޖަސް
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ: ފަސޭހަކަމާއެކު ސެލްޓަވީގޯ ބަލިކޮށް ބާސާއިން ލީގު ތާވަލުގެ އެއްވަނަ އަށް!
 
މެސީ ވަނީ ހެޓްރިކް ހަދައިފަ
 
މި މެޗު ބާސެލޯނާއިން ކާމިޔާބުކުރީ 4-1 ގެ ނަތީޖާ އަކުން

ސްޕެނިޝް ލަލީގާގައި ބާސެލޯނާ ކުޅުނު މެޗު ފަސޭހަކަމާއި އެކު ކާމިޔާބުކޮށް ލީގު ތާވަލުގެ އެއްވަނަ އަށް ޖެހިލައިފިއެވެ.

ބާސެލޯނާގެ އަމިއްލަ ދަނޑުގައި ސެލްޓަވީގޯ އާއި ދެކޮޅަށް ކުޅުނު މެޗު ބާސެލޯނާއިން ކާމިޔާބުކުރީ 4-1 ގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ.

ބާސެލޯނާއާއި ސެލްޓަވީގޯ ބައްދަލުކުރި މެޗު ފަށައިގެން ބާސާއިން މޮޅު އެޓޭކިންގ ގޭމެއް ކުޅުނުއިރު މެޗުގެ 23 ވަނަ މިނެޓުގައި ބާސާއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީ އަކުން ލިއޮނެލް މެސީއެވެ. މި ލަނޑާއެކު ސެލްޓައިން އެޓީމުގެ ކުޅުން ރަނގަޅު ކުރިއިރު އެޓީމުން ވަނީ ބާސާގެ ގޯލަށް ނުރައްކާ ކޮށްފައެވެ.

މެޗުގެ 42 ވަނަ މިނެޓުގައި ސެލްޓައިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލޫކަސްއެވެ. މި ލަނޑާއެކު ބާސާއިން ވަނީ އެޓީމުގެ އެޓޭކްތައް އިތުރަށް ވަރުގަދަ ކޮށްފައެވެ. އެގޮތުން ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓު ބާސާއިން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު ލިބުނު ހިލޭ ޖެހުމަކުން އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން މެސީ އެވެ.

މި މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1 ގެ ނަތީޖާ އަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފަށައިގެން ބާސެލޯނާއިން ފުލުފުލުގައި ސެލްޓަގެ ގޯލަށް ހަމަލާތައް ފޮނުވައިލިއިރު މެޗުގެ 48 ވަނަ މިނެޓުގައި ބާސާއިން ވަނީ އިތުރު ލަނޑެއްޖަހާ މެޗުގެ ލީޑު ފުޅާ ކޮށްފައެވެ. ބާސާއިން ކާމިޔާބުކުރި ފަހު ލަނޑު މެޗުގެ 85 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ސާޖިއޯ ބުސްކެޓެވެ.

މި ނަތީޖާ އާއި އެކު ބާސެލޯނާއިން 25 ޕޮއިންޓާއެކު ވަނީ ލީގުގެ އެއްވަނަ އަށް ޖެހިލައިފައެވެ. ދެވަނައިގައި ރެއާލް އޮތީވެސް 25 ޕޮއިންޓާއެކުގައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
100%
0%
0%
0%
ކޮމެންޓް