ބުދަ 13 ނޮވެންބަރު 2019
13 ވިހާ
1441 ރަބީއުލް އައްވަލް 16
ފަތިސް 04:36
އިރުއަރާ 05:50
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05
ލުއި ޚަބަރު - ފިލްމު އެވޯޑްސް 9

ފިލްމު އެވޯޑްސް 9 ގެ ނޮމިނޭޝަންތައް އިއުލާންކޮށްފި

  • ނޮމިނޭޝަންތައް ކަނޑައަޅާފައިވަނީ އެކުލަވާލި ފަނޑިޔާރުންގެ ޕެނަލުން
  • މިހާތަނަށް އިއުލާންކުރި ނޮމިނޭޝަންތަކުގެ ތެރެއިން އެންމެ ގިނަ ނޮމިނޭޝަންތައް ލިބުން ދެ ފިލްމަކީ "ވަކިން ލޯބިން" އާއި "ދެވަންސޫރަ"

މުހައްމަދު މުސްތަފާ
musthomummu

ކ. މާލެ 10 ނޮވެންބަރު 2019 | އާދީއްތަ 02:41 2,599

2017 ވަނަ އަހަރު ބޭއްވި ފިލްމު އެވޯޑްސް ހަފްލާގެ ފޮޓޯ އެއް - ރާއްޖެއެމްވީ

މި މަހުގެ 15 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ނުވަވަނަ ގައުމީ ފިލްމު އެވޯޑްސްގެ ނޮމިނޭޝަންތައް ހޮނިހިރު ދުވަހުގެރޭ އިއުލާންކޮށްފިއެވެ.

"ބައިސްކޯފު ޕްރެޒެންޓް ދިވެހި ފިލްމު އެވޯޑްސް 9" ގެ ފީޗާރ ފިލްމުގެ ބައިން ވާދަކުރާ ފަރާތްތައް (ނޮމިނީސް) ތައް އިއުލާންކުރީ ވީޓީވީ މެދުވެރިކޮށެވެ.

އެ ނޮމިނޭޝަންތަކުގައި މުހިއްމު ހަ ކެޓަގަރީ އެއް ހިމަނާފައިވާއިރު ކޮންމެ ކެޓަގަރީއަކުން ފަސް ފިލްމު ހިމަނާފައިވާކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން އެންމެ މޮޅު އެކްޓަރު (އަންހެން) ނޮމިނޭޝަންތަކުގެ ތެރޭގައި:

*މަރިޔަމް އައްޒަ (ފިލްމު ހައްދު)

*މަރިޔަމް އައްޒަ (ފިލްމު މީ ލޯތްބަކީ)

*މަރިޔަމް މަޖުދާ (ފިލްމު ވަކިން ލޯބިން)

*އައިޝަތު ރިޝްމީ (ފިލްމު ވިޝްކާ)

*ނުޒުހަތު ޝުއައިބް (ފިލްމު މަލިކާ)

އެންމެ މޮޅު އެކްޓަރު (ފިރިހެން)

*ޔޫސުފް ޝަފީއު (ފިލްމު ދެވަންސޫރަ)

*މުހައްމަދު މުންތަސިރު (ފިލްމު އިލް ނޮއިސް)

*ރަވީ ފާރޫގް (ފިލްމު ވިޝްކާ)

*ޖުމައްޔިލް ނިމާލް (ވަކިން ލޯބިން)

އެންމެ މޮޅު ޑައިރެކްޓަރު

*އަބްދުލް ފައްތާހު (ފިލްމު ހައްދު)

*އަލީ ޝިފާއު (ފިލްމު ވަކިން ލޯބިން)

*ޔޫސުފް ޝަފީއު (ފިލްމު ދެވަންސޫރަ)

*ރަވީ ފާރޫގު (ފިލްމު ވިޝްކާ)

*އިސްމާއިލް ނިހާދު (ފިލްމު އިލް ނޮއިސް)

އެންމެ މޮޅު ސަޕޯޓިން އެކްޓަރު (އަންހެން)

*ފާތިމަތު އާޒިފާ (ފިލްމު ބޮސް)

*ފާތިމަތު އާޒިފާ (ފިލްމު ދެވަންސޫރަ)

*ފައުޒިއްޔާ ހަސަން (ފިލްމު ހައްދު)

*ހަދީޖާ އިބްރާހީމް (ފިލްމު ވަކިން ލޯބިން)

*ނުޒުހަތު ޝުއައިބް (ފިލްމު ވަކިން ލޯބިން)

އެންމެ މޮޅު ސަޕޯޓިން އެކްޓަރު (ފިރިހެން)

*އަލީ އާޒިމް (ފިލްމު ހައްދު)

އިބްރާހިމް ޖިހާދު ( ފިލްމު ބޮސް)

*އަލީ އާޒިމް (ފިލްމު ދެވަންސޫރަ)

*އިބްރާހިމް ޖިހާދު (ފިލްމު ދެވަންސޫރަ)

*އަހުމަދު ސައީދު (ފިލްމު ވިޝްކާ)

އެންމެ މޮޅު ފިލްމު

*ވިޝްކާ (އައިޝަތު ރިޝްމީ)

*އިލްނޮއިސް (މުހައްމަދު މުންތަސިރު)

* ވަކިން ލޯބިން (މުހައްމަދު އަލީ/ އައިޝަތު ފުއާދު)

*ހައްދު (އަބްދުލް ފައްތާހު/ ނިއުމާ މުހައްމަދު)

*ދެވަންސޫރަ (އަލީ ޝަޒްލީން)

ހޮނިހިރު ދުވަހުގެ ރޭ އިއުލާންކުރި ނޮމިނޭޝަންތަކުގެ ތެރެއިން އެންމެ ގިނަ ނޮމިނޭޝަންތައް ލިބުން ދެ ފިލްމަކީ "ވަކިން ލޯބިން" އާއި "ދެވަންސޫރަ" އެވެ. އެއިން ކޮންމެ ފިލްމު ޖުމްލަ ހަ ކެޓަގަރީއަކުން ނޮމިނޭޓްވިކަން ފާހަގަކޮށްކެވެއެވެ.

ނުވަވަނަ ފިލްމު އެވޯޑްސް ހަފްލާގައި އެވޯޑްސްގެ ނޮމިނޭޝަންތައް އިއުލާންކޮށްފައިވަނީ ފިލްމުތަކަށް އިންސާފު ކުރުމަށް އެކުލަވާލާފައިވާ ހަތް ފަނޑިޔާރުންގެ ޕެނަލްއެއްގެ ތެރެއިންނެވެ. ޕެނަލްގައި ހިމެނެނީ ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ) އާއި އައިމިނަތު ނަޖީބާއި ފާތުމަތު ލީޒާ އާއި އައިމިނަތު އިނާސް އާއި އަހުމަދު އަހުސަނާއި ނޫރާ އިބްރާހިމް ޒާހިރު އަދި ޝާރިފް އަލީ އެވެ.

ފިލްމު އެވޯޑްސް 9 ގައި އިތުރު ކެޓަގަރީތަކުން އެވޯޑްސްތައް ލިބޭ ފަރާތްތަކަށް ވެސް އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މަހުގެ 15 ވަނަ ދުވަހުގެ ރޭ ފިލްމު އެވޯޑްސް މީ ވީޓީވީ މެދުވެރިކޮށް ދުރަށް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް