އަންގާރަ 26 މެއި 2020
07 ރޯނު
1441 ޝައްވާލް 03
ފަތިސް 04:34
އިރުއަރާ 05:51
މެންދުރު 12:07
އަސްރު 15:29
އިރުއޮއްސޭ 18:15
އިޝާ 19:32
2020 ބަޖެޓް

ބަޖެޓާއި ގުޅިގެން ހަތަރު ހާހަށްވުރެ ގިނަ ވަޒީފާ އުފެދިގެންދާނެ

  • އަންނަ އަހަރަށް ލަފާކުރާ ބަޖެޓަކީ 37.5 ރުފިޔާ

ކ. މާލެ | 10 ނޮވެންބަރ 2019 | އާދީއްތަ 01:16 | 6,231

މިނިސްޓަރު އަމީރު - ޔޫސުފް ސޮފްވާން ރަޝީދު

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިމަނާފައިވާ މަޝްރޫއުތަކާއި ގުޅިގެން ސަރުކާރު ތެރެއިން ހަތަރު ހާހަށް ވުރެ ގިނަ ވަޒީފާ އުފެދިގެންދާނެ ކަމަށް މިނިސްޓްރީ އޮފް ފިނޭންސް އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް, ފިނޭންސް މިނިސްޓަރު އަމީރު ހުށައެޅުއްވީ ނިމިގެން ދިޔަ ހަފްތާގެ އާދިއްތަ ދުވަހުއެވެ. އަންނަ އަހަރަށް ލަފާކުރާ 37.5 ބަޖެޓް އިތުރަށް ދިރާސާ ކުރުމަށް ބަޖެޓް ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

ހޮނިހިރު ދުވަހުގެރޭ ބޭއްވި ބަޖެޓް ކޮމިޓީގެ ދެވަނަ ބައްދަލުވުމުގައި ކޮމިޓީ މެމްބަރުން ވަނީ ފިނޭންސް މިނިސްޓަރާއި ބައްދަލުކުުރައްވާފައެވެ.

ބަޖެޓާއި އެކު ކިހާ އަދަދެއްގެ ވަޒީފާ އިތުރުވެގެން ދާނެ ކަމަށް މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ކުރެއްވި ސުވާލަަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ، އެ ބަޖެޓާއި އެކު ''މަލްޓިޕްލައި އިފެކްޓް'' އެއް ނައަންނަ ހިނދަކު އަންނަ އަހަރުގެ އިތުރުން ކުރިޔަތް އޮތް ތަނުގައި އިތުރު ވަޒީފާ އުފެދިގެން ދާނެ ކަމަށެވެ. އެގޮތުން ސަރުކާރުގެ ތެރެއިން 4063 ވަޒީފާ އުފެދިގެން ދާނެ ކަމަށް ވިދާޅުވިއެވެ.

ޕަބްލިކް ސަރވިސްގެ ތެރެއިން އުފެދޭނެ ގާތް ގަނޑަކަށް 4063 ވަޒީފާ. އަޅުގަނޑުމެން ބަޖެޓް ކޮށްފައިވާނެ އިތުރަށް ނިމޭނެ ކަމަށް.

~ އިބްރާޙިމް އަމީރު ~ ފިނޭންސް މިނިސްޓަރު ~

ޕްރައިވެޓް ސެކްޓަރ ތަކުގައިވެސް އިތުރު ވަޒީފާތަކެއް އުފެދިގެން ދާނެކަން ފާހަގަކުރައްވަމުން އަމީރު ވިދާޅުވީ، ވަޒީފާތައް އުފެދޭނީ ކިހާވަރަކަށްތޯ ބައްލަވާނެ ކަމަށެވެ.

ބަޖެޓާއި އެކު ވަޒީފާތަކެއް އުފެދޭނެ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވެފައިވާއިރު، ވީހާވެސް ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމަކީ ސަރުކާރުގެ ސިޔާސަތެކެވެ. އެކި ސިނާއަތްތަކުގައި ވަޒީފާތައް އިތުރުކުމުގެ ގޮތުން ސަރުކާރުން ދަނީ މިހާރުވެސް އެކި ފެންވަރުގައި މަސައްކަތްތަކެއް ކުރަމުންނެވެ. ނިމިގެން ދިޔަ ސަރުކާރުގެ ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކަށް ވަޒީފާ އިޔާދަކޮށް ދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.