އަންގާރަ 26 މެއި 2020
07 ރޯނު
1441 ޝައްވާލް 03
ފަތިސް 04:34
އިރުއަރާ 05:51
މެންދުރު 12:07
އަސްރު 15:29
އިރުއޮއްސޭ 18:15
އިޝާ 19:32
އެފްއޭއެމް

މެލޭޝިއާގައި ކޭމްޕްކުރުމަށްފަހު، ގައުމީ ފުޓުބޯޅަ ޓީމު ރާއްޖެ އަތުވެއްޖެ

  • ރާއްޖެ ޓީމުގައި އަނިޔާގެ އެއްވެސް މައްސަލަ އެއް ނެތް
  • ކުރިޔަށް އޮތް ދެ މެޗަށް ރާއްޖެއިން އޮތީ ފުރިހަމައަށް ތައްޔާރުވެފަ

ކ. މާލެ | 9 ނޮވެންބަރ 2019 | ހޮނިހިރު 23:28 | 3,931

ގައުމީ ފުޓުބޯޅަ ޓީމު - އެފްއޭއެމް

ވޯލްޑްކަޕް ކޮލިފިކޭޝަން އަދި އޭއެފްސީ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަނުގައި މިމަހު ކުޅުމަށް ހަމަޖެހިފައިވާ ދެ މެޗަށް ތައްޔާރުވުމުގެގޮތުން ގައުމީ ފުޓުބޯޅަ ޓީމު މެލޭޝިއާގައި ކޭމްޕްކުރުމަށްފަހު ރާއްޖެ އަތުވެއްޖެ އެވެ.

ވޯލްޑްކަޕް ކޮލިފިކޭޝަނުގައި ރާއްޖެއިން މި މަހު 14 ވަނަ ދުވަހު ފިލިޕީންސްއާއި ދެކޮޅަށް ނިކުންނައިރު 19 ވަނަ ދުވަހު ނިކުންނާނީ ގުއާމާއި ދެކޮޅަށެވެ.

މެލޭޝިއާއަށް ކުރި ކޭމްޕްގައި ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުން މެލޭޝިއާއި ދެކޮޅަށް މެޗެއް ކުޅެފައިވާއިރު މި މެޗުން ރާއްޖެވަނީ 2-1 ގެ ނަތީޖާ އަކުން ބަލިވެފައެވެ. މެޗުން ބަލިވިނަމަވެސް ރާއްޖެ ޓީމުގެ ކޯޗު ޕީޓާ ސެގާޓް ބުނީ އޭނާއަށް ނަތީޖާ މުހިންމު ނޫން ކަމަށާއި ރާއްޖެއިން އެ މެޗުގައި ދެއްކި ކުޅުން ވަރަށް ރަނގަޅުކަމަށެވެ.

ރާއްޖެ އައުމަށްފަހު ނޫސްވެރިންނާއި ބައްދަލުކޮށް ކޯޗު ސެގާޓް ބުނީ ކުރިޔަށް އޮތީ އުނދަގޫ ދެ މެޗު ކަމަށާއި އެހެންކަމުން މެލޭޝިއާގައި އުނދަގޫ ފަރިތަކުރުންތަކެއް ދުވާލު ދެއިރު ކޮށްފައިވާ ކަމަށެވެ. މީގެއިތުރުން ސެގާޓް ބުނީ ކުރިޔަށް އޮތް ދެ މެޗަށް ރާއްޖެއިން ނިކުންނައިރު ރާއްޖެއަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އަނިޔާގެ އެއްވެސް މައްސަލައެއް ނެތުން ކަމަށެވެ. މީގެއިތުރުން ސެގާޓް ވަނީ އެފްއޭއެމްއިން މި ފުރުސަތު ފަހި ކޮށްދިނުމުން އެކަމަށް ޝުކުރުއަދާކޮށްފައެވެ.

ކޮލިފައިންގައި މިހާތަނަށް ރާއްޖެއިން ތިން މެޗު ކުޅެފައިވާއިރު، ދެ މެޗުން ވަނީ ބަލިވެފައެވެ. އަދި އެއް މެޗު ރާއްޖެއިން ވަނީ ކާމިޔާބުކޮށްފައެވެ

ގްރޫޕްގެ އެއްވަނައިގައި ތިން މެޗުން ނުވަ ޕޮއިންޓާއެކު ސީރިއާ އޮތްއިރު، ދެވަނައިގައި ތިން މެޗު ހޯދި ހަތް ޕޮއިންޓާއެކު އޮތީ ސީރިއާއެވެ. ތިންވަނައިގައި ތިން މެޗުން ހަތަރު ޕޮއިންޓް ހޯދައިގެން އޮތީ ފިލިޕީންސްއެވެ. ހަތަރުވަނައިގައި ތިން މެޗުން ތިން ޕޮއިންޓް ހޯދައިގެން ރާއްޖެ އޮތްއިރު، ހަތަރު މެޗުންވެސް ބަލިވެ ފުލުގައި އޮތީ ގުއާމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.