ކ. މާލެ
|
9 ނޮވެންބަރ 2019 | ހޮނިހިރު 18:46
އެމްޑީޕީގެ ނައިބު ރައީސަށް ވާދަކުރައްވާ ދެ ބޭފުޅުން
އެމްޑީޕީގެ ނައިބު ރައީސަށް ވާދަކުރައްވާ ދެ ބޭފުޅުން
ރާއްޖެ އެމްވީ
އެމްޑީޕީ
އެމްޑީޕީގެ ނައިބު ރައީސްއަކަށް ވަކި މީހަކު ހޮވުމަށް ރައީސް ތާއީދެއް ނުކުރައްވާ
 
ރައީސް ނަޝީދު ވެސް އަދި އެއްވެސް ބޭފުޅަކު އެންޑޯސް ކޮށްފައެއް ނުވޭ
 
ރައީސް ސޯލިހު އެއްވެސް ބޭފުޅަކަށް ތާއިދުކުރެއްވުމަށް ނިންމާފައެއް ނުވޭ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ( އެމްޑީޕީ)ގެ ނައިބް ރައީސް އަކަށް ވާދަކުރައްވަ ކެނޑިޑޭޓުންގެ ތެރެއިން އެއްވެސް ކެނޑިޑޭޓަކަށް ރައީސް ސޯލިހު ތާއިދު ކުރައްވަން ނުނިންމަވާންކަން ހާމަވެއްޖެއެެވެ.

ކުރިޔަށް އޮތް އެމްޑީޕީގެ ނައިބް ރައީސަކު ހޮވުމުގެ އިންތިޚާބުގައި ވާދަކުރައްވާ ދެ ކެނޑިޑޭޓުންނަކީ، ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް އާއި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަހުމަދު އަސްލަމެވެ.

ރާއްޖެ.އެމްވީ އަށް މައުލޫމާތު ދިން އޮފިޝަލަކު ވިދާޅުވީ، ދެ ކެނޑިޑޭޓުންގެ ތެރެއިން އެއްވެސް ކެނޑިޑޭޓަކަށް ތާއިދު ކުރައްވަން ރައީސް ނިންމަވާފައި ނުވާކަމަށެވެ. އޮފިޝަލް ވިދާޅުވީ، ބެލެވޭ ގޮތުން އެއްވެސް ކެނޑިޑޭޓަކަށް ރައީސް ތާއިދު ނުކުރައްވާނެ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، އެމްޑީޕީގެ ނައިބު ރައިސްގެ އިންތިހާބުގައި ވަކި ބޭފުޅަކަށް ތާއީދު ކުރުމަށް ނިންމާފައި ނުވާއިރު، ރައްްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަކި ބޭފުޅަކަށް ތާއީދު ކުރައްވާކަމަށް ހާމަކޮށްފައެއް ނުވެއެެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަހުމަދު އަސްލަމްއަކީ ރައްޔިތުންގެ މަޖިލީހުގައި މިހާރު އެމްޑީޕީ އެންމެ ގިނަ ދުވަހު ތަމްސީލުކުރައްްވަމުން ގެންދަވާ އެއް ބޭފުޅާއެވެ. ރައީސް އޮފީހުގެ މިނިސްޓަރު އަދި މިހާރުގެ އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒަކީ ނިމިދިޔަ ވެރިކަމުގައި ޕާޓީގެ ހުރިހާ އިސްފަރާތްތައް ޖަލަށް ލާން ހުކުމް ކުރި އިރު ޕާޓީއަށް ތާއީދު ހޯދުމަށްޓަކައި ޕާޓީގެ މެމްބަރުން ގޮވައިގެން ގަދަ ކަނޑުގައި ދަތުރުކުރި އެއް ފަރާތެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
14%
29%
0%
57%
ކޮމެންޓް
ގުޅުންހުރި
ޔާމީނަށް ކުރި 11 އަހަރުގެ ޖަލު ޙުކުމް ބާތިލު، ނަމަވެސް ދަށު ކޯޓުން އަލުން މައްސަލަ ބަލަންޖެހޭނެ
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ސައްހަ ލިސްޓެއް ނޫން: އޭސީސީ
ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
ކުދިއާބާދީ ރަށްތަކުގައި ޚިދުމަތްތައް ފުޅާކޮށް، ތަރައްގީ ކުރުމުގެ ވިސްނުމެއް މިސަރުކާރުގެ ނެތް: ރައީސް ސާލިހު
ފެހި ޤާނޫނު އަސާސީގެ ދަށުން އެއްވެސް އިންތިޚާބެއްގައި ސަރުކާރަކުން އާއްމުންނަށް ނުފޫޒު ނުފޯރުވާ މިންވަރަށް މި ސަރުކާރުން ނުފޫޒު ފޯރުވާ: އީސަ
ރިޝްވަތު ޤަބޫލުކުރިކަމަށް ޔާމީނަށް ކުރި ޙުކުމްވެސް ބާތިލު، މައްސަލަ އަލުން ބަލަން ހައިކޯޓުން އަންގައިފި
އިންތިޚާބާ ގުޅިގެން ވަޒީފާތައް އިންތިހާއަށް ދޭނެ، އެއީ ދާއިމީ ވަޒީފާއަކަށް ނުވާނެ: ރައީސް ސާލިހު
މި ސަރުކާރުގެ ސިޔާސަތަކީ ގަދަބާރުން، ބިރުދައްކައިގެން ވޯޓު ހޯދުން - ރައީސް ސާލިހު