ކ. މާލެ
|
9 ނޮވެންބަރ 2019 | ހޮނިހިރު 18:07
ގޯލްޑް ކެޕްޓަން އައްސަދު
ގޯލްޑް ކެޕްޓަން އައްސަދު
އެފްއޭއެމް
އެފްއޭއެމް
"މަވެސް ދަން" ކެމްޕެއިން ފަށައިފި
 
ޓިކެޓް ވިއްކަން ފަށާނީ ހާއްސަ ހަރަކާތް ތަކަކާއި އެކު
 
ބައްސާމް ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ރާއްޖޭގެ ބައެއް ސަޕޯޓަރުންނާއި ބައްދަލުކުރައްވާފަ

ފީފާ ވޯލްޑްކަޕް އަދި އޭއެފްސީ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަނުގައި މި މަހު މާލޭގައި ފިލިޕީންސް އަދި ގުއާމާއި ދެކޮޅަށް ކުޅޭ މެޗަށް ސަޕޯޓަރުންގެ ފޯރިގަދަ ކުރުމުގެ ގޮތުން "މަވެސް ދަން" މި ނަމުގައި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކެމްޕެއިނެއް ފަށައިފިއެވެ.

"މަވެސް ދަން" ކެމްޕޭން އެއްއޭއެމް އިން ފަށައިފައިވަނީ ހުކުރު ދުވަހު ހަވީރު ޓާފް ދަނޑުގައި ކުރިޔަށްގެންދިޔަ ފުޓުބޯޅަ ލެޖެންޑްސް ހަރަކާތުގެ ތެރެއިންނެވެ. މިހަރަކާތާއި ގުޅޭގޮތުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ކުރިޔަށް އޮތް ދެމެޗުގެ ފޯރިގަދަ ކުރުމުގެ ގޮތުން ގައުމީ ފުޓުބޯޅަ ކޮމެޓީއިން ވަރަށް ބައިވަރު ކަންކަން ރާވައިފައިވާ ކަމަށާއި އެގޮތުން މަވެސް ދަން ކެމްޕޭންގެ އިތުރުން އަންނަ އަންގާރަ ދުވަހު ފިލިޕީންސް މެޗަށް ޓިކެޓް ވިއްކަން ފެށުމުގެ ގޮތުން އެފްއޭއެމް ސަރަހައްދުގައި ހާއްސަ ހަރަކާތްތަކެއް ކުރިޔަށްދާނެ ކަމަށެވެ. އެގޮތުން އެދުވަހު ހަވީރު ޓިކެޓް ވިއްކަން ފަށާއިރު ގައުމީ ޓީމުގެ އައު ޖާޒީ ވިއްކަން ހުންނާނެ ކަމަށާއި އަދި ޖާޒީ ގަންނައިރު ވަގުތުން ޖާޒީގައި ނަމާއި ނަމްބަރު ޖެހޭނެ އިންތިޒާމް ރާވަމުން ދާކަމަށެވެ.

ބައްސާމް ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ރާއްޖޭގެ ބައެއް ސަޕޯޓަރުންނާއި ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި ވަނީ ގައުމީ ޓީމަށް ހިތްވަރު ދިނުމަށް ދަނޑަށް ގޮސް ކުރެވޭނެ ކަންތައްތަކާއި އެ ނޫންވެސް ކަންކަމާއި މަޝްވަރާކޮށްފައެވެ.

ކޮލިފައިންގެ ގްރޫޕް ސްޓޭޖުގައި މި މަހުގެ 14 ވަނަ ދުވަހު ރާއްޖެ ނިކުންނާނީ ފިލިޕިންސްއާ ދެކޮޅަށެވެ. އެއަށްފަހު މި މަހު 19 ވަނަ ދުވަހު ރާއްޖެ ނިކުންނާނީ ގުއާމްއާ ދެކޮޅަށެވެ. މި ދެ މެޗުވެސް ކުޅޭނީ ރާއްޖޭގައެވެ.

ކޮލިފައިންގައި މިހާތަނަށް ރާއްޖެއިން ތިން މެޗު ކުޅެފައިވާއިރު، ދެ މެޗުން ވަނީ ބަލިވެފައެވެ. އަދި އެއް މެޗު ރާއްޖެއިން ވަނީ ކާމިޔާބުކޮށްފައެވެ.

ގްރޫޕްގެ އެއްވަނައިގައި ތިން މެޗުން ނުވަ ޕޮއިންޓާއެކު ސީރިއާ އޮތްއިރު، ދެވަނައިގައި ތިން މެޗު ހޯދި ހަތް ޕޮއިންޓާއެކު އޮތީ ސީރިއާއެވެ. ތިންވަނައިގައި ތިން މެޗުން ހަތަރު ޕޮއިންޓް ހޯދައިގެން އޮތީ ފިލިޕީންސްއެވެ. ހަތަރުވަނައިގައި ތިން މެޗުން ތިން ޕޮއިންޓް ހޯދައިގެން ރާއްޖެ އޮތްއިރު، ހަތަރު މެޗުންވެސް ބަލިވެ ފުލުގައި އޮތީ ގުއާމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް