ކ. މާލެ
|
9 ނޮވެންބަރ 2019 | ހޮނިހިރު 13:35
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މަޖިލީހުގެ ކޮމެޓީއެއްގައި--
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މަޖިލީހުގެ ކޮމެޓީއެއްގައި--
ރާއްޖެ އެމްވީ
ބަޖެޓް 2020: ދައުލަތުގެ އާމްދަނީ- ޓެކްސް
މިދިޔަ އަހަރަށްވުރެ މިއަހަރު ޖީއެސްޓީން ލިބުނު އާމްދަނީ ދަށް!
 
ޓޫރިޒަމް ދާއިރާގެ ޓީޖީއެސްޓީ ލިބު އާމްދަނީ މިދިޔަ އަހަރަށްވުރެ އިތުރު، ނަމަވެސް އަންދާޒާކުރި މިންވަރަށް އާމްދަނީ ލިބިފައެއް ނުވޭ
 
ސަބަބަކީ އިމާރާތްކުރުމުގެ ދާއިރާ މަޑުޖެހިފައިވުން
 
ޖީޖީއެސްޓީން ލިބުނު އާމްދަނީ މިދިޔަ އަހަރަށްވުރެ 0.3 ޕަސެންޓް ދަށް

މުލަދާއި ހިދުމަތުގެ އަގުން ނެގޭ ޓެކުހުން ދައުލަތަށް މިދިއަ އަހަރު ލިބުނު އާމްދަނީއަށްވުރެ، މިއަހަރުގެ އާމްދަނީ ދައްވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން ތައްޔާރުކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަންނަ 2020 ވަނަ އަހަރަށް ލަފާކޮށް، ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓްގައިވާ ގޮތުން، މުދަލާއި ހިދްމަތުގެ އަގުން ނެގޭ ޓެކްސް އާމްދަނީ މިދިޔަ 2018 ވަނަ އަހަރަށްވުރެ، މިއަހަރު ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ އާމްދަނީ ދައްވާނެ ކަމަށް ބެލެވޭ މައިގަނޑު ސަބަބަކީ، ޖީއެސްޓީން ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީ ނުލިބުމެވެ.

ބަޖެޓް ފޮތުގައިވާ ގޮތުން، މުދަލާއި ހިދުމަތުގެ އަގުން ނެގޭ ޓެކުހުން ޖުމްލަކޮށް ލިބޭނެ ކަމަށް މިހާރު ލަފާކޮށްފައިވަނީ 4،668.7 މިލިއަން ރުފިޔާ އެވެ. މިއީ 2018 ވަނަ އަހަރު ލިބުނު އާމްދަނީއަށްވުރެ 0.3 ޕަސެންޓް ދަށްވުމެކެވެ. އަދި 2019 އަށް ކުރިން އަންދާޒާކުރި އަދަދަށްވުރެ، 4.6 ޕަސެންޓް ދަށްވުމެކެވެ.

މުދަލާއި ހިދުމަތުގެ އަގުން ނެގޭ ޓެކުހުގެ ތެރޭގައި ހިމެނެނީ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ (ޓީޖީއެސްޓީ) އަދި ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ ޖީއެސްޓީ (ޖީޖީއެސްޓީ) އެވެ.

ޖީޖީއެސްޓީގެ ގޮތުގައި 2019 ވަނަ އަހަރުގެ ނިޔަލަށް ލިބެނޭ ކަމަށް މިހާރު ލަފާކުރެވެނީ 2،821.3 މިލިއަން ރުފިޔާ އެވެ. މިއީ 2018 ގައި ލިބުނު އާމްދަނީއަށްވުރެ 2.9 ޕަސެންޓް އަދި މި އަހަރު ކުރިން އަންދާޒާކުރި މިންވަރަށްވުރެ 5.9 ޕަސެންޓް ދަށްވުމެކެވެ. މީގެ މައިގަނޑު ސަބަބަކީ މިއަހަރުގެ ތެރޭގައި އިމާރާތްކުރުމުގެ ދާއިރާ މަޑުޖެހިފައިވުމާއިއެކު، އެދާއިރާގެ ސޭލްސް ފާއިތުވި އަހަރާ އަޅާބަލާއިރު މިއަހަރު ދައްވާނެ ކަމަށް ބެލެވުމެވެ. މީގެއިތުރުން، މިއަހަރުގެ ތެރޭގައި އޮޑިޓްތަކުންނާއި އެންފޯސްޑް ކަލެކްޝަން ފާއިތުވި އަހަރަށްވުރެ މަދުން ލިބޭނެ ކަމަށް މިހާރު ބެލެވުމެވެ.

މި ހިނގާ 2019 ވަނަ އަހަރު ޓީޖީއެސްޓީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް މިހާރު އަންދާޒާކުރެވެނީ 4،847.5 މިލިއަން ރުފިޔާ އެވެ. މިއަހަރުގެ ތެރޭގައި މިހާރު އަންދާޒާކުރާ ފަތުރުވެރިން ހޭދަކުރާ ރޭގެ އަދަދު ފާއިތުވި އަހަރަށްވުރެ އިތުރުވުމުގެ ސަބަބުން މިއީ ފާއިތުވި އަހަރު ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީއަށްވުރެ 1.3 ޕަސެންޓް އިތުރުވުމެކެވެ. އެހެންނަމަވެސް މިއަހަރަށް ކުރިން އަންދާޒާކުރި ދަތުރުވެރިން ހޭދަކުރާ ރޭގެ އަދަދު މިހާރު އިތުރުވާނެ ކަމަށް ބެލެވުނު ކަމަށްވީ ނަމަވެސް، މިއަދަދަކީ ކުރިން ޓީޖީއެސްޓީގެ ގޮތުގައި ލިބެނޭ ކަމަށް އަންދާޒާކުރި އަދަދަށްވުރެ 3.8 ޕަސެންޓް ދަށްވުމެކެވެ.

ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިން އިތުރުވެ، ފަތުރުވެރިން ހޭދަކުރާ ރޭގެ އަދަދު އިތުރުވީކަމުގައި ވީނަމަވެސް، އަންދާޒާކުރާ އާމްދަނީ ދައްވެފައިވަނީ ޓޫރިޒަމް ދާއިރާއިން ފޯރުވައިދޭ ހިދްމަތްތަކުގެ އަގުތައް ދަށްވަމުންދާކަމުގައި ބެލެވޭތީ އާއި ޓެކްސް ކޮމްޕްލައަންސް މައްސަލަތަކުގެ ސަބަބުންކަމުގައި ލަފާ ކުރެވޭ ކަމަށެވެ. މީގެއިތުރުން، އޮޑިޓްތަކުންނާއި އެންފޯސްޑް ކަލެކްޝަން އަންދާޒާކުރި މިންވަރަށްވުރެ ދަށްވާނެ ކަމަށް ބެލެވޭތީ ކަމަށް ވެސް ބަޖެޓް ފޮތުގައި ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
100%
0%
0%
0%
ކޮމެންޓް