ކ. މާލެ
|
9 ނޮވެންބަރ 2019 | ހޮނިހިރު 11:51
އެމްއާރުއެމްގެ ވަގުތީ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދެކަނބަލުންނާއި އެ ޕާޓީގެ އިސް ފަރާތްތައް
އެމްއާރުއެމްގެ ވަގުތީ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދެކަނބަލުންނާއި އެ ޕާޓީގެ އިސް ފަރާތްތައް
ޔޫސުފް ސޮފްވާން ރަޝީދު
އެމްއާރުއެމް
ކީރިތި ރަސޫލާގެ މާތް ރީތި އުސޫލުތައް އަމަލީ ގޮތުން ނަމޫނާއަކަށް ބަލަންޖެހޭ: އެމްއާރުއެމް
 
ސުލްހަމަސްލަހަތު ދެމެހެއްޓުމުގެ މަތިވެރި އަޒުމް އިތުރަށް ވަރުގަދަ ކުރަމަށް ގޮވާލާފައިވޭ

މިއުންމަތުގެ މާތް ނަބިއްޔާ محمّد رسول اللّه صلّى اللّه عليه وسلّم ގެ މާތް ރީތި އުސޫލުތައް އަމަލީ ގޮތުން ނަމޫނާއަކަށް ބަލަންޖެހޭކަމަށް އެމްއާރުއެމުން ބުނެފިއެވެ.

އެމްއާރުއެމުން މިގޮތަށް ބުނެފައިވަނީ ނަބިއްޔާ محمّد رسول اللّه صلّى اللّه عليه وسلّم ދުނިޔޭގެ އަލިކަން ދެކިވަޑައިގެން ދުވަހުގެ ތަހުނިޔާގެ މެސެޖްގައެވެ.

އެމްއާރުއެމުން ބުނީ މި މާތް ދުވަސް ފާހަގަ ކުރުމުގެ ބޭނުމަކީ، ކީރިތި ރަސޫލާގެ ވަސްމީރު ޒިކުރާއިން އިބްރަތްތެރި ފިލާވަޅުތަކެއް ހާސިލްކުރުން ކަމަށެވެ. އަދި އެކަލޭގެފާނު ގެނެސްދެއްވި މަތިވެރި ހިދާޔަތުގައި އަބަދުމެ ހިފެހެއްޓުމުގެ އަޒުމް އާކޮށް އާލާކޮށް އެކަލޭގެފާނުގެ މަތިވެރި ހުލްގުފުޅާއި ގެންގުޅުއްވި މާތް ރީތި އުސޫލުތައް އަމަލީ ގޮތުން ނަމޫނާއަކަށް ބަލަންޖެހޭކަމަށް ތަހުނިޔާގެ މެސެޖުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ކީރިތި ރަސޫލާގެ މަތިވެރި ސީރަތްފުޅަށް ނަޒަރު ހިންގާލައިފިނަމަ، އެކަލޭގެފާނުގެ އެންމެ ހާއްސަ ސިފަފުޅަކީ، އޯގާތެރިކަމުގެ ނުވަތަ ރަހުމަތުގެ ނުވަތަ އެންމެންނަށްވެސް ރަހުމް ކުރެއްވުމުގެ މާތް ސިފަފުޅުކަން ސާބިތުވެގެން ދާކަމަށް ބުނެފައިވެއެވެ. އަދި އެކަލޭގެފާނު އެންމެންނަށް އޯގާތެރިވެ ވަޑައިގަތް ކަމާއި، އެންމެންނަށް ރަހުމް ކުރެއްވި ކަމަށް ބުނެފައިވެއެވެ.

އަދި އެކަލޭގެފާނު އެއްވެސް މީހަކާމެދު ހިތްޕުޅު ނުބައެއް ނުކުރައްވާ ކަމަށާއި، އެއްވެސް މީހަކަށް ކުޑައިމިސް ބަސްފުޅެއް ވިދާޅެއް ނުވާކަން ފާހަގަކުރައްވާފައިވެއެވެ.

އެމްއާރުއެމުން ބުނީ މުސްލިމުން މިއުންމަތުގެ މާތް ނަބިއްޔާގެ އީދު މީލާދުގެ އުފާ ފާޅުކުރަމުންދާއިރު، އެންމެ އިސްކަން ދޭންވީ ކަމަކީ، އެކަލޭގެފާނު ކޮންމެ ކަމެއްގައިވެސް ދައްކަވާފައިވާ މަތިވެރި ނަމޫނާއަށް އަމަލީ ގޮތުން ތަބާވުން ކަމަށް ބުނެފައިވެއެވެ. އަދި ވަކިން ހާއްސަ ކޮށް އެންމެންނާމެދު ވެސް އެކަލޭގެފާނު ގެންގުޅުއްވި މާތް ރީތި ގޮތްތައް ދަސްކުރުމާއި، އެންމެންނަށްވެސް އޯގާތެރިވާ އެންމެންނަށްވެސް ރަހުމް ކުރާ، އެންމެންނަށްވެސް ކަމޭހިތާ، އެއްވެސް މީހަކާމެދު ކުޑައިމިސް ބަހެއް ނުބުނާ އިހްސާންތެރި ބަޔަކަށް ވެވޭތޯ ގަދައަޅައި މަސައްކަތް ކުރުމަށް ތަހުނިޔާގެ މެސެޖްގައި ބުނެފައިވެއެވެ.

އަދި އެހެންކަމުން، ކީރިތި ރަސޫލާގެ ހަޔާތްޕުޅުން އިބްރަތް ހާސިލުކޮށް، އެއްބައިވަންތަކަމާއި ހަމަހަމަކަމުގެ އުސޫލުތަކަށް ހުރްމަތްތެރިކޮށްހިއްތަވައި، އުހުއްވަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ސުލްހަމަސްލަހަތު ދެމެހެއްޓުމުގެ މަތިވެރި އަޒުމް އިތުރަށް ވަރުގަދަ ކުރަމަށް ގޮވާލާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
100%
0%
0%
0%
0%
ކޮމެންޓް