ކ. މާލެ
|
15 މާރޗް 2017 | ބުދަ 19:52
ފޭސްމާސްކް އަޅައިގެން ތިބި ބަޔަކު ފްލޫ ކްލިނިކްގައި
ފޭސްމާސްކް އަޅައިގެން ތިބި ބަޔަކު ފްލޫ ކްލިނިކްގައި
މުހައްމަދު ޝަރުހާން
ފޭސްމާސްކުގެ ބޭނުން
މާސްކް އަޅައިގެން އެޗްވަންއެންވަން އިން ރައްކާތެރި ވެވިދާނެތަ؟
 
މާސްކަށް ވައިރަސް ހުއްޓުވޭ ކަމުގެ ސައިންޓިފިކް ހެތްކެއް ނެތް

އާއްމު ވިސްނުން މިހެން ހުރި ނަމަވެސް އެމެރިކާގެ ސެންޓަރ ފޯ ޑިސީޒް ކޮންޓްރޯލް (ސީޑީސީ) އިން މިކަމާބެހޭ ގޮތުން ބުނެފައިވަނީ މާސްކް އެޅުމުން އިންފްލުއެންޒާ ރޯގާއިން ނޫނީ އެޗްވަންއެންވަން ވައިރަސް އިން ވިޔަސް ރައްކާތެރިކަން ލިބޭކަމުގެ އެކަށީގެންވާ ސައިންޓިފިކް ހެއްކެއް ލިބެން ނެތް ކަމަށެވެ.

ސީޑީސީން މިކަމާބެހޭ ގޮތުން ދީފައިވާ ލަފާގައި ބުނެފައިވަނީ އެޗްވަންއެންވަން ބަލިން މުޅިން ރައްކާތެރި ކޮށްދޭނެ ވަކި އެއް ކަމެއް ފާހަގަވެފައި ނެތް ކަމަށެވެ.

އޭގެ ބަދަލުގައި ބަލިން ރައްކާތެރިވުމަށް ފުރުސަތު ބޮޑީ ތަފާތު އެތައް ކަމެއް ހިމެނިގެން ކަމުގައެވެ. އޭގެ ތެރޭގައި ހިމެނެނީ:

ސައިބޯނިލައިގެން ގިނަގިނައިން އަތް ދޮވުން.

ކެއްސާ ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ޓިޝޫފަދަ އެއްޗަކުން ނިވާ ކުރުން.

އަނގަޔާއި ނޭފަތާއި ލޮލުގައި އަތް ނުކޭއްތުން.

ރޯގާޖެހިފައިވާ މީހުންނާއި މާބޮޑަށް ގާތް ނުވުން.

ބަލިޖެހިފައިވާ މީހުންގެ ތެރެއަށް ނުކުތުމުން ދުރުހެލިވުމާއި، ދަތުރުފަތުރުކޮށް ނުހެދުން.

ޑީއެސް އިން ބުނެފައިވަނީ، އާއްމު ތަންތަނުގައި އަދި ގޭގޭގައި މާސްކް އަޅައިގެން އުޅުމަކީ ލަފާދޭ ކަމެއް ނޫން ކަމަށެވެ.

ސިއްހީ ދާއިރާގައި ބޭނުން ކުރުމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން އެޕްރޫވްކޮށްފައިވާ ފޭސްމާސްކަކީ އޭގެ ބޭނުން ކުރާ މީހާއަށް ވަކި ހާލަތްތަކެއްގައި ވަކި މިންވަރެއްގެ ހިމާޔަތް ލިއްބައިދޭ އެއްޗެކެވެ. ނަމަވެސް އޭގެ އެއް ބޭނުމަކީ ލެޔާއި ހަށިގަނޑުގައި އުފެދޭ އެހެނިގެން ދިޔަ މާސްކް އަޅައިގެން ހުންނަ މީހާގެ ހަށިގަނޑަށް ވާސިލްވުމަށް ހުރަސް އެޅުމެވެ. އޭގެ ސަބަބުން ތިކިތަކުގެ ގޮތުން ބުރައިގެން އަންނަ ހަށިގަނޑުގެ ދިޔައިން މާސްކް އަޅައިގެން ހުންނަ މީހާގެ އަނގައިގެ ޒަރީއާއިންނާއި ނޭފަތުގެ ޒަރީއާއިން ހަށިގަނޑަށް އެތެރެވުން ހުއްޓުވައެވެ.  ނަމަވެސް ފޭސްމާސްކަކީ ވައި އެތެރެވެ ބޭރުވާ ގޮތައް ފަރުމާކުރެވިފައިވާ އެއްޗަކަށްވުމާއެކު ވައިގައި އެކުލެވިގެން މާސްކް އަޅައިގެން ހުންނަ މީހާގެ ހަށިގަނޑަށް ވާސިލްވެދާނެ ވައިރަސް ހުއްޓުވުމަކީ ފޭސްމާސްކަށް ކުރެވޭ ކަމަކަށް ނުވެއެވެ.

ފޭސްމާސްކްގެ އެންމެ މުހިންމު އަނެއް މަގްސަދަކީ މާސްކް އަޅައިގެން ހުންނަ މީހާގެ ޒަރީއާއިން ބަލިތައް އެހެން މީހުންނަށް ފެތުރުނަ ނުދިނުމެވެ. އޭގެ ސަބަބުން މާސްކް އަޅައިގެން ހުންނަ މީހާއަށް ވައިގެ ޒަރީއާއިން ހަށިގަނޑަށް އެތެރެވާ ވައިރަހުން ފުރިހަމަ ރައްކާތެރި ކަމެއް ނުދެއެވެ.

ސީޑީއެސް އިން މާސްކް އެޅުމާބެހޭ ގޮތުން ބުނެފައިވަނީ، ބަލިމީހުންނާ ވަރަށް ގާތުގައި މަސައްކަތް ކުރަންޖެހޭ ސިއްހީ ޚިދުމަތްތެރިންނާ ބަލި މީހުން ރައްކާތެރިކަމުގެ ގޮތުން މާސްކް އެޅިޔަސް އެނޫން މީހުން މާސްކް އެޚުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ނުދެކޭ ކަމަށެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އެޗްވަންއެންވަން ވައިރަސް އިން ރައްކާތެރި ވުމަށް އޮތް ހަމަ އެންމެ ރަނގަޅު ފިޔަވަޅަކީ އަމިއްލަ ސާފުތާހިރު ކަމަށާއި އުޅޭ ތަނުގެ ސާފުތާހިރު ކަމަށް ބަލައިގެން އުޅުމެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
0%
0%
0%
0%
0%
0%
ކޮމެންޓް