ބުދަ 13 ނޮވެންބަރު 2019
13 ވިހާ
1441 ރަބީއުލް އައްވަލް 16
ފަތިސް 04:36
އިރުއަރާ 05:50
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05
ވިޔަފާރި - ފަތުރުވެރިކަން

ފަތުރުވެރިކަމުގެ ދާއިރާއަށް މީހުން ބިނާކުރަނީ

  • ހިލޭ ސްކޯލާޝިޕާއި ހާފް ސްކޯލާޝިޕް ދިނުމަށް ވަނީ ހަމަޖެހިފައި

ހުސެއިން މަޚްތޫމް
@makhuthoom

ކ. މާލެ 9 ނޮވެންބަރު 2019 | ހޮނިހިރު 11:49 1,670

ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު (ކ) އަދި ލިމްކޮކްގެ ވައިސް ޕްރެޒިޑެންޓް ދާތޯ ޓިފަރީ މާރީ ލިމް (ވ) - ހާފް ކޯޓް މޯލްޑިވްސް

ފަތުރުވެރިކަމުގެ ދާއިރާއަށް މީހުން ބިނާކުރުމަށް ޕްރޮގްރާމްތަކެއް ހިންގަން ލިމްކޮކްވިންގް ޔުނިވާސިޓީއާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

ލަންޑަންގައި ހުންނަ މެލޭޝިއާގެ ލިމްކޮމް ޔުނިވާސިޓީ ކެމްޕަހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ. އަދި ލިމްކޮކްގެ ފަރާތުން ސޮއި ކުރެއްވީ އެ ޔުނިވާސިޓީގެ ރައީސްގެ ދަރިކަނބަލުން އަދި ވައިސް ޕްރެޒިޑެންޓް ދާތޯ ޓިފަރީ މާރީ ލިމްއެވެ.

މި އެއްބަސްވުމުގެ ދަށުން ޓޫރިޒަމް ސިނާއަތަށް ބޭނުންވާ ދިވެހިން ނެރެން ތަމްރީން ދިނުމާއި އެއްކޮށް ފަންޑުކޮށްދޭ ސްކޮލަޝިޕްތަކާއި އެއްބައި ފަންޑުކޮށްގެން ކިޔަވާނެ ފުރުސަތުތައް ހިމެނޭ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެއެވެ.

މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގެ މަތީ މަގާމު ތަކަށް ދިވެހިން ގެނައުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވަރަށް ބޮޑު ވިސްނުންފުޅެއް ކަމަށެވެ. އަދި ރާއްޖޭގެ ރިސޯޓުތަކުގައި ތިބި ރަނގަޅު ދިވެހި ޒުވާނުން އިތުރަށް ތަމްރީން ބޭނުންވާ ކަމަށާއި، މި އެއްބަސްވުމުން އެ ފުރުސަތު ފަހި ވެގެންދާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް