ކ. މާލެ
|
9 ނޮވެންބަރ 2019 | ހޮނިހިރު 08:56
އިރާގުގައި ހަޅުތާލުކުރާ ސަރަހައްދުގެ ފޮޓޯއެއް
އިރާގުގައި ހަޅުތާލުކުރާ ސަރަހައްދުގެ ފޮޓޯއެއް
ގޫގުލް
އިރާގް
އިރާގުގައި ކުރަމުންދާ ހަޅުތާލުތަކަށް ހުއްޓުމެއްނައި!
 
ހަޅުތާލު ފަށާފައިވަނީ ވަޒީފާގެ ފުރުސަތުތައް މަދުވުމާއި، އިގްތިސާދީ ހީނަރުކަން އިންތިހާއަށް ގޮސްފައިވާވާތީ
 
ހަޅުތާލުތައް ފަށާފައިވަނީ އޮކްޓޯބަރު މަހު އެކެއްގައި

މިދިޔަ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހު އިރާގުގައި ފަށާފައިވާ ހަޅުތާލުތަކަށް އަދިވެސް ހުއްޓުމެއް އައިސްފައިނުވާ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.

އިރާގުގައި ހަޅުތާލު ފަށާފައިވަނީ ވަޒީފާގެ ފުރުސަތުތައް މަދުވުމާއި، އިގްތިސާދީ ހީނަރުކަން އިންތިހާއަށް ގޮސްފައިވާވާތީ ކަމަށް ހަބަރުތަކުގައި ބުނެއެވެ.

ހަޅުތާލުތަކަށް މަހެއް ވެގެންދިޔަ އިރު އިދިކޮޅު ޝިޔައީ ލީޑަރުން ގޮވާލާފައިވީ ނަމަވެސް އެ ގައުމުގެ ރައްޔިތުން ހަޅުތާލު ހުއްޓާކަށް ހިފާފައެއް ނުވެއެވެ.

އިރާގުގެ ހަޅުތާލުތަކުގައި އެ ގައުމުގެ ސިފައިނާ ހިނގާދިޔަ ކުރިމަތިލުންތަކުގައި 230 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތަކުން ދައްކައެވެ.

ހަޅުތާލުކުރާ މީހުންގެ ތެރެއަށް ކަރުނަ ގޭހާއި ސްޓަން ގްރެނޭޑް އުކަމުން ގެންދާއިރު، ހަޅުތާލުގެ ބައިވެރިން ވެސް ތިބެނީ ހެލްމެޓު ފަދަ ސަލާމަތީ ވަސީލަތައްތައް އަޅައިގެންކަން ފާހަގަކޮށްލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
100%
ކޮމެންޓް