ކ. މާލެ
|
9 ނޮވެންބަރ 2019 | ހޮނިހިރު 11:48
މިނިސްޓަރު މާރިޔާ، ރިޕޯޓު އިފްތިތާހްކޮށްދެއްވަނީ
މިނިސްޓަރު މާރިޔާ، ރިޕޯޓު އިފްތިތާހްކޮށްދެއްވަނީ
ޓްވިޓަރ
ޑިފެންސް މިނިސްޓްރީ
ޔޫތު ވަލްނެރަބިލިޓީ އެސެސްމެންޓް ރިޕޯޓު އިފްތިތާހްކޮށްފި
 
މިދިރާސާތަކުގެ ބޭނުން، ކަމާބެހޭފަރާތްތަކުން ހިފުމަށް އެދިފައިވޭ
 
މިއީ ޒުވާނުންގެ ކުރިއެރުމަށް ހުރި ގޮންޖެހުންތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއް
 
ޒުވާނުންނަކީ މަތީ ފަންތިއަށް ވާސިލްވުމުގެ ގާބިލްކަން ލިބިފައިވާ ބައެއް

ޔޫތު ވަލްނެރަބިލިޓީ އެސެސްމެންޓް ރިޕޯޓު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އިފްތިތާހުކޮށްދެއްވައިފިއެވެ.

ދިވެހިރާއްޖޭގެ ޒުވާނުންގެ ދުޅަހެޔޮކަމާއި ކުރިއެރުމަށް ހުރި ގޮންޖެހުންތަކުގެ މައްޗަށް، ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި ޔޫއެންޑީޕީ މޯލްޑިވްސުން ގުޅިގެން، ޖަޕާނު ސަރުކާރުގެ އެހީއާއެކު، ތައްޔާރުކޮށްފައިވާ ދިރާސާ ރިޕޯޓް އިފްތިތާހްކޮށްދެއްވީ މިމަހުގެ 07 ވަނަ ދުވަހުއެވެ.

މި ރިޕޯޓާ ބެހޭ ގޮތުން މިނިސްޓަރު މާރިޔާ ވިދާޅުވީ، ގޭންގު މާރާމާރީއާއި ވަޒީފާ ނެތުމާއި މަސްތުވާތަކެތީގެ ވަބާ ފަދަ، ރާއްޖޭގެ ޒުވާނުންނަށް ކުރިމަތިވާ ތަފާތު ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި ސިޔާސަތު ކަނޑައަޅާއިރު، މިފަދަ ދިރާސާތަކުގެ ބޭނުން، ކަމާބެހޭފަރާތްތަކުން ހިފާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ ރާއްޖޭގެ ޒުވާނުންނަކީ އެމީހުން އިޚްތިޔާރުކުރާ ކޮންމެ ދާއިރާއަކުންވެސް، ހާސިލްކުރެވެން އޮތް އެންމެ މަތީ ފަންތިއަށް ވާސިލްވުމުގެ ގާބިލްކަން ލިބިފައިވާ ބައެއް ކަމަށެވެ. އަދި މުޖްތަމައުގައި ހުރި މައްސަލަތަކުން އަރައިގަނެވޭނެ އަލިމަގެއް ފެންނާނެކަމުގެ އުންމީދު އޮތްކަމަށް ޒުވާނުން ގަބޫލުކުރާކަން ދިރާސާއިން ހާމަވާތީ، އެކަމާ އުފާކުރައްވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޔޫތު ވަލްނެރަބިލިޓީ އެސެސްމެންޓް ރިޕޯޓު އިފްތިތާޙުކުރުމަށް ބޭއްވި ހަފްލާގައި މިނިސްޓަރ އޮފް ޑިފެންސްގެ އިތުރުން، ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއިގެ އިތުރުން ނޭޝަނަލް ކައުންޓަރ ޓެރަރިޜަމް ސެންޓަރުގެ އިސް ވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
100%
0%
0%
0%
0%
ކޮމެންޓް