ހޯމަ 01 ޖޫން 2020
13 ރޯނު
1441 ޝައްވާލް 09
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:30
އިރުއޮއްސޭ 18:16
އިޝާ 19:34
ފަތުރުވެރިކަން

ރާއްޖޭގެ ފަތުރުވެރިކަން އިނގިރޭސީވިލާތުގައި އިޝްތިހާރުކުރަނީ

  • ޔޫރަޕްގެ އިތުރު އެއާލައިންތަކުގެ ދަތުރުތައް ފެށުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު

ކ. މާލެ | 9 ނޮވެންބަރ 2019 | ހޮނިހިރު 08:44 | 3,660

ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު (ކ) އަދި ރާއްޖެއިން އިނގިރޭސީވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފަރަހަނާޒް (ވ) - ޓުއަރިސްމް މިނިސްޓްރީ

ރާއްޖޭގެ ފަތުރުވެރިކަން އިނގިރޭސިވިލާތުގައި އިތުރަށް އިޝްތިހާރުކުރުމާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓަރާއި އިނިގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ބައްވާފައިވަނީ ލަންޑަންގައި މިހާރު ކުރިއަށްދާ ވޯލްޑް ޓްރެވަލް މާކެޓަށް މިނިސްޓަރ އަލީ ވަހީދު ކުރައްވަމުންގެންދަވާ ދަތުރުގެ ތެރެއިން އިނގިރޭސިވިލާތުގައި ހުންނަ ދިވެހި އެމްބަސީއަށް ވަޑައިގެންނެވެ.

މި ބައްދަލުވުމުގައި އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް ފައިސަލް ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ. ރާއްޖެ އިޝްތިހާރުކުރުމާއި ގުޅޭގޮތުން ބޭއްވި މަޝްވަރާތަކުގައި ރާއްޖޭގެ ފަތުރުވެރިިކަން އިތުރަށް އިސްތިހާރު ކުރެވިދާނެ މަސައްކަތްތަކާބެހޭ ގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

މީގެ އިތުރުން، ޔޫރަޕްގެ ބައެއް އެއަރލައިންތަކުން ރާއްޖެއަށް ދަތުރުތައް ފެށުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފައިވެއެވެ. އަދި ދިވެހި ފަންނާނުނަށް އިނގިރޭސިވިލާތުން އެކިއެކި ފުރުސަތުތައް ހޯދައިދިނުމާ ގުޅޭގޮތުން ވެސް ސަފީރާއި މިނިސްޓަރ ވަނީ މަޝްވަރާ ކުރައްވާފައެވެ.

އިނގިރޭސީވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފަރަހަނާޒް ވަނީ މިހާރަށް ވުރެ ގިނައިން ފަތުރުވެރިން ރާއްޖެއަށް ގެންދިއުމަށް ކުރެވޭނެ މަސައްކަތްތަކާބެހޭ ގޮތުން ވާޙަކަ ދައްކަވާ އެކަންކަމުގައި ދިމާވާ ގޮންޖެހުންތައް ހިއްސާ ކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.