ހުކުރު 15 ނޮވެންބަރު 2019
02 ނޮރަ
1441 ރަބީއުލް އައްވަލް 18
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05
ރާއްޖެ - އިންފުލުއެންޒާ

އިންފުލުއެންޒާ ރޯގާ އިތުރުވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި

  • އިންފުލުއެންޒާ ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު އިތުރު
  • ރޯގާ ޖެހިގެން ތިން ދުވަހަށް ވުރެ ގިނަދުވަސް ވާނަމަ ޑޮކްޓަރަށް ދައްކަންޖެހޭ
  • އިންފުލުއެންޒާއިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށް ވެސް އިލްތިމާސްކުރޭ

އަމްނާ އިމާދު
amnabinthimad

ކ. މާލެ 9 ނޮވެންބަރު 2019 | ހޮނިހިރު 08:42 4,216

އިންފުލުއެންޒާ ވެކްސިން ޖެހުމަށް އެޗްޕީއޭއިން އިލްތިމާސް ކުރޭ - ޓްވިޓަރ

އަރިދަފުސް ރޯގާ އާއި އިންފުލުއެންޒާ ފެތުރެމުންދާތީ ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.

އެޗްޕީއޭ އިން ބުނީ މިދުވަސްކޮޅު އިންފުލުއެންޒާ ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށެވެ. އެހެންކަމުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަށް އަޅައިގެން ތިބުމަށް އެ އެޖެންސީ އިން އިލްތިމާސް ކުރާ ކަމަށެވެ.

މީގެ އިތުރުން އެޗްޕީއޭއިން ބުނީ ރޯގާ ޖެހިގެން ތިން ދުވަހަށް ވުރެ ގިނަދުވަސް ވާނަމަ ޑޮކްޓަރަށް ދެއްކުމަށް އެދޭ ކަމަށެވެ.

ރައްކާތެރިވުމުގެގޮތުން އެޅިދާނެ ބައެއް ފިޔަވަޅުތަކުގެ ތެރޭގައި ސައިބޯނި ލައިގެން އަތް ދޮވުން، އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ގިނައިން ދިޔާ ތަކެތި ބުއިން، ހުންއައިސް ގައިގަ ރިއްސާ ނަމަ ޕެރެސެޓްމޯލް ނޫން އެހެން ބޭހެއް ބޭނުން ނުކުރުން، އަރިދަފުސް ރޯގާ ޖެހި ތިން ދުވަހަށް ވުރެ ގިނަ ވާނަމަ ޑޮކްޓަރަށް ދެއްކުން، ބަލިވެގެން ޑޮކްޓަރަށް ދައްކާ ނަމަ ބަލިމީހާއާ އެކު ވީހާ ވެސް މަދު މީހުން ހޮސްޕިޓަލަށް ދިއުން އަދި ކެއްސާއިރު އަނގަ އާއި ނޭފަތް ނިވާކޮށްގެން ކެއްސުން ހިމެނެއެވެ.

އިންފުލުއެންޒާއިން ރައްކާތެރިވުމުގެ ގޮތުން ވެކްސިން ޖެހުމަށް ވެސް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް