ކ. މާލެ
|
9 ނޮވެންބަރ 2019 | ހޮނިހިރު 08:46
ޕެޕް ގާޑިއޯލާ
ޕެޕް ގާޑިއޯލާ
ގެޓީ އިމޭޖަސް
ޕެޕް ގާޑިއޯލާ
ލިވަޕޫލްއަކީ ދުނިޔޭގައި މިވަގުތު އޮތް އެންމެ ވަރުގަދަ ޓީމު: ގާޑިއޯލާ
 
ލިވަޕޫލްއަކީ މިހާރު ހުރިހާ ގޮތަކަށް ބެލި ކަމަށްވިޔަސް ކޮލެޓީ ޓީމެއް

ލިވަޕޫލްއަކީ ދުނިޔޭގައި މިވަގުތު އޮތް އެންމެ ވަރުގަދަ ޓީމު ކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ގާޑިއޯލާ ބުނީ، ދިގު ތާރީހެއް އޮތް ލިވަޕޫލްއަކީ މިހާރު ހުރިހާ ގޮތަކަށް ބެލި ކަމަށްވިޔަސް ކޮލެޓީ ޓީމެއް ކަމަށާއި، އެޓީމުގައި ރަނގަޅު ކުޅުންތެރިންގެ އިތުރުން ރަނގަޅު ކޯޗެއްވެސް އެބަހުރި ކަމަށެވެ.

މިދިޔަ ސީޒަނުގައި ސިޓީން ޕްރިމިއާ ލީގު އުފުލާލިއިރު، ގާޑިއޯލާ ބުނީ ލީގު ހޯދުމަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ލިވަޕޫލް ކަމަށާއި، އެޓީމަކީ އޭނާގެ ކެރިޔަރުގައިވެސް ޕްރިމިއަރ ލީގުގައި ދެކޮޅަށް ނިކުތް އެންމެ ވަރުގަދަ ޓީމު ކަމަށެވެ.

ނަމަވެސް ގާޑިއޯލާ ގަބޫލުކުރާ ގޮތުގައި މިހާރު ލިވަޕޫލްއަކީ ދުނިޔޭގައިވެސް އޮތް އެންމެ ވަރުގަދަ ޓީމެވެ. އަދި ލިވަޕޫލްގެ ސްޓޭޑިއަމް އެންފިލްޑްއަކީ ޔޫރަޕްގައި ކުޅެން އެންމެ އުނދަގޫވާނެ ސްޓޭޑިއަމް ކަމަށްވެސް ގާޑިއޯލާ ވަނީ ބުނެފައެވެ.

ޕްރިމިއާ ލީގުގައި ލިވަޕޫލް މިހާތަނަށް ކުޅުނު 11 މެޗުގެ ތެރެއިން 10 މެޗުން މޮޅުވެފައިވާއިރު، އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ. އެއްވެސް މެޗަކުން އެޓީމު ބަލިނުވާއިރު، އޮތީ 31 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ.

ޕޮއިންޓް ތާވަލުގެ ދެވަނައިގައި އޮތީ ސިޓީއެވެ. އެޓީމު ވަނީ 11 މެޗުން 25 ޕޮއިންޓް ހަމަކޮށްފައެވެ. އެޓީމު ކުޅުނު 11 މެޗުގެ ތެރެއިން 8 މެޗުން މޮޅުވެފައިވާއިރު، ދެ މެޗުން ވަނީ ބަލިވެފައެވެ. އަދި އެއް މެޗުން އެޓީމު ވަނީ އެއްވަރުވެސް ވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
4%
4%
13%
4%
8%
67%
ކޮމެންޓް