ކ. މާލެ
|
8 ނޮވެންބަރ 2019 | ހުކުރު 23:13
ބ. ފުޅަދޫ ބަނދަރު ސަރަހައްދު
ބ. ފުޅަދޫ ބަނދަރު ސަރަހައްދު
ޓްވިޓަރ
އެމްޓީސީސީ
ފުޅަދޫ ބަނދަރު ހެދުމުގެ މަޝްރޫއު މޮބިލައިޒް ކޮށްފި
 
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޖުލައި 2 ގައި

ބ. ފުޅަދޫ ބަނދަރު ހެދުމުގެ މަޝްރޫއު ބުރާސްފަތި ދުވަހު މޮބިލައިޒް ކޮށްފި އެވެ.

މިނިސްޓްރީ އޮފް ޕްލޭނިންގް އެންޑް އިންފްރާ ސްޓްރަކްޗަރގެ ފަރާތުން 48،297،417.22 (ސާޅީސް އަށް މިލިއަން ދެލައްކަ ނުވަދިހަ ހަތްހާސް ހަތަރު ސަތޭކަ ސަތާރަ ޕޮއިންޓް ދޭއް ދޭއް) ރުފިޔާއަށް އެމްޓީސީސީއާއި ހަވާލު ކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ އެއްބަސްވުމުގައި އެކުންފުނީގެ ފަރާތުން ސޮއިކޮށްފައިވަނީ މި އަހަރުގެ ޖުލައި މަހުގެ 2 ގައެވެ.

މި މަޝްރޫޢުގެ ދަށުން 51،861 ކިއުބިކް މީޓަރަށް ބަނދަރު ފުން ކުރުމާއި، 108 މީޓަރުގެ ބޭރު ތޮށި ލުމާއި، 302 މީޓަރުގެ ސަރަހއްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 223 މީޓަރުގެ އެތެރެ ތޮށިލުމާއި، މޫރިން ބްލޮކްސް ލުމާއި ޕޭވްމަންޓް ހެދުން ހިމެނެއެވެ.

މީގެ އިތުރުން ރޭމްޕެއްލުމާއި، ބަނަދު ބައްތިއާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ލީވާން އަލީ
0%
0%
0%
0%
33%
67%
ކޮމެންޓް