ކ. މާލެ
|
8 ނޮވެންބަރ 2019 | ހުކުރު 23:14
އެނބޫދޫ ފަޅުން ދަތުރު ދިއުމަށް ހާއްސަ ކޮށްފައިވާ ސަރަހައްދު ވަކިން ފާހަގަ ކޮށްފައި
އެނބޫދޫ ފަޅުން ދަތުރު ދިއުމަށް ހާއްސަ ކޮށްފައިވާ ސަރަހައްދު ވަކިން ފާހަގަ ކޮށްފައި
މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ
އެނބޫދޫ ފަޅު
މާލޭގައި އުޅޭ މީހުން ދަތުރުދާނެ ރަށާއި ބެހޭ ގޮތުން އާންމުންގެ ހިޔާލު ހޯދުން މި މަހު 12 ގައި!
 
މިއީ ރައީސް ސޯލިހުގެ 100 ދުވަހުގެ ވައުދު ތަކުގެ ތެރޭގައި ހިމެނޭ ކަމެއް

މާލޭ ސިޓީގައި ދިރިއުޅޭ މީހުން ހާފްތާ ބަންދުގައި ދަތުރު ދިއުމަށް އެނބޫދޫ ފަޅުން ހަމަޖެއްސި ރަށާއި ބެހޭ ގޮތުން އާންމުންގެ ހިޔާލު ހޯދުން މި މަހު 12 ވަނަ ދުވަހު އޮންނާނެ ކަމަށް ޕްލޭނިންގ މިނިސްޓްރީއިން ބުނެފިއެވެ.

ޕްލޭނިންގ މިނިސްޓްރީން ބުނީ އާންމުންގެ ހިޔާލު ހޯދުމަށް ހާއްސަ ހަފްލާއެއް މިމަހު 12 ވާ އަންގާރަ ދުވަހު އޮންނާނެ ކަމަށެވެ. އެގޮތުން އެދުވަހުގެ ހަވީރު 04:00 އިން 06:00 އަށް ދަރުބާރުގެ ހަކުރާ މާލަމުގައި ޕިކްނިކް އައިލޭންޑް އާއި ބެހޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމުގެ ބައްދަލުވުމެއް އޮންނާނެ ކަމަށް ޕްލޭނިންގ މިނިސްޓްރީއިން ބުނެއެވެ.

ދަތުރުދިއުމަށް އެނބޫދޫ ފަޅުން ހާއްސަ ކުރި ސަރަހައްދަށް މާލެއިން ފުރައިގެން 15 މިނެޓުން ދެވޭނެއެވެ. އެނބޫދޫފަޅުގެ ހުޅަނގުން ހިއްކާފައިވާ އެ ސަރަހައްދުގެ ބޮޑު މިނަކީ 3.3 ހެކްޓަރެވެ. އެތަނުގައި މޫދު ކުޅިވަރާއި ބާބަކިއު ހެދޭނެ ތަންތަނާއި ކުޑަކުދިންނަށް ހާއްސަ ކުޅިވަރު ކުޅޭނެ ތަންތަނާއި އާއިލީއެކު ތިބެވޭނެ ކޮޓަރިތަކާއި އަވަސް ފަރުވާ ދޭ ރޫމެއް ވެސް ހެދުމަށް ވަނީ ނިންމާފައެވެ.

މާލެ ސިޓީގެ ރައްޔިތުން ހަފްތާ ބަންދުގައި އާއިލާއާ އެކު ދަތުރު ދިއުމަށް މާލެއާ ގާތުން ރަށެއް ހާއްސަ ކުރުމަކީ ރައީސް ސޯލިހުގެ 100 ދުވަހުގެ ވައުދެކެވެ.ޕިކްނިކް ދާނެ ސަރަހައްދެއް ނެތް ރަށްރަށުގައި ރައްޔިތުން ޕިކްނިކް ދިއުމަށް ސަރަހައްދެއް ނުވަތަ ރަށެއް ކަނޑައެޅުމަކީ ވެސް 100 ދުވަހުގެ ވައުދެކެވެ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ލީވާން އަލީ
0%
50%
50%
0%
0%
0%
ކޮމެންޓް