ކ. މާލެ
|
8 ނޮވެންބަރ 2019 | ހުކުރު 23:15
ހުޅުމާލޭގައި ކުރިން އެކްސިޑެންޓެއް ހިނގާފައިވާ މަންޒަރު
ހުޅުމާލޭގައި ކުރިން އެކްސިޑެންޓެއް ހިނގާފައިވާ މަންޒަރު
ޓްވިޓަރ
ހުޅުމާލެ އެކްސިޑެންޓް
މަސްތުގެ ހާލަތުގައި އިނދެ ސައިކަލް ދުއްވި މީހަކު އެކްސިޑެންޓް ވެއްޖެ
 
މަސްތުގެ ހާލަތުގައި އިނދެ ސައިކަލް ދުއްވި މީހާ ވަނީ ހައްޔަރު ކޮށްފައި
 
ސައިކަލް ދުއްވަން އިން މީހާގެ އަތުގައި އެކްސިޑެންޓް ހިނގި ވަގުތު ލައިސެންސް ނެތް ކަމަށް ފުލުހުން ބުނި

މަސްތުގެ ހާލަތުގައި އިނދެ ސައިކަލް ދުއްވި މީހަކު އެކްސިޑެންޓް ވެއްޖެއެވެ.

ހުކުރު ދުވަހުގެ މެންދުރުފަހު 2:59 ހާއިރު އެހާކަންހާއިރު ހުޅުމާލެ ނިރޮޅުމަގުގައި ދެ ސައިކަލް ޖެހި ހިނގި މި އެކްސިޑެންޓްގައި އެތަނުން އެއް ސައިކަލް ދުއްވަން އިން 30 އަހަރުގެ މީހާ އާއި އެ ސައިކަލް ފަހަތުގައި އިން 28 އަހަރުގެ މީހާއާއި އަނެއް ސައިކަލް ދުއްވަން އިން 30 އަހަރުގެ މީހާއަށްވެސް ކުދި އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ ސައިކަލް ދުއްވި ދެ މީހުންގެ އަތުގައި ވެސް ސައިކަލް ދުއްވުމުގެ ލައިސެންސް އޮތް ނަމަވެސް ދެ މީހުން ތިބި ސައިކަލް ދުއްވަން އިން މީހާގެ އަތުގައި އެކްސިޑެންޓް ހިނގި ވަގުތު ލައިސެންސް ނެތް ކަމަށެވެ.

މަސްތުގެ ހާލަތުގައި އިނދެ ސައިކަލް ދުއްވި ކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށްފައިވާ ކަމަށާއި

މި މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
33%
0%
0%
33%
33%
0%
ކޮމެންޓް