ކ. މާލެ
|
8 ނޮވެންބަރ 2019 | ހުކުރު 23:16
ސަސްޕެންޑް ކޮށްފައިވާ ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ހައިލަމް
ސަސްޕެންޑް ކޮށްފައިވާ ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ހައިލަމް
މުހައްމަދު ޝަރުހާން
މޯލްޑިވްސް ޕޮލިސް ސަރވިސް
ހައިލަމްގެ މައްސަލައިގެ ތަހުގީގަށް ޖޭއެސްސީއަށް ފުރިހަމަ އެއްބާރުލުން ދޭނަން: ފުލުހުން
 
ފުލުހުންގެ އިދާރާ އަށް މައްސަލަ ހުށައަޅާފައިވަނީ ޖުލައި މަހު

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލާގައި އެ އިދާރާއަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ފުލުހުން ބުނެފިއެވެ.

ސަސްޕެންޑް ކޮށްފައިވާ ގާޒީ ހައިލަމް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ ފަރާތުން ދެލައްކަ ރުފިޔާގެ ޓްރާންސެކްޝަނެއް ހިންގާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ޖޭއެސްސީން ވަނީ މީގެ ކުރިން ބުނެފައެވެ.

މީގެއިތުރުން ފުލުހުންގެ އިދާރާ އަށް ޖުލައި މަހު އެ މައްސަލަ ހުށައަޅައި މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅަފައިނުވާ ކަމަށް ޖޭއެސްސީން ނެރެފައިވާ ބަޔާނެއްގައި ވަނީ ބުނެފައެވެ.

އެކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް އިޒްމިޔާ ޒާހިރު ވިދާޅުވީ، ޖޭއެސްސީގެ ނިންމުމާއި ގުޅިގެން ފުލުހުންގެ ފަރާތުން އެކި އިދާރާތަކަށް ދޭން ޖެހޭ މައުލޫމާތު ފޮނުވާކަމަށެވެ. އަދި އެއްވެސް ތަހުގީގަކަށް ފުލުހުންގެ ފަރާތުން އެއްބާރުލުންދީ ޖަވާބުދަރީވާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ.

ހައިލަމްގެ މައްސަލާގައި ފުރިހަމަ އެއްބަރުލުން ދޭނެ ކަމަށް ފުލުހުން ބުނެފައިވާއިރު، ހައިލަމް އަށް ފައިސާ ދެއްވީ ލޯނެއްގެ ގޮތުގައި ކަމަށް އަލްހާން ވަނީ ވިދާޅުވެފައެވެ. އަދި އިތުރަށް ބޭނުންވިޔަސް ފައިސާ ދެއްވާނެ ކަމަށް އަލްހާން ވަނީ ވިދާޅުވެފައެވެ.

ހައިލަމް އަކީ ރައީސް ޔާމީނުގެ ވެރިކަމުގައި އެއިރު ސަރުކާރުގެ އިސްވެރިން ވިދާޅުވި ގޮތަކަށް ހުކުމް ނެރުއްވަމުން ގެންދެވި ބޭފުޅެއްކަމަށް އެއިރުގެ އިދިކޮޅު ފަރާތްތަކުން އަދި މިހާރުގެ ސަރުކާރުގެ އިސް ފަރާތްތަކުން ތުހުމަތު ކުރައްވަމުން ގެންދެވި ފަރާތެކެވެ.

ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ބައްލަވާ ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިޔާ ރައީސް މުހައްމަދު ނަޝީދާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކަރުގައި ވާ ޖަހައިގެން ދަމާ ކުރެހުމަކާއެކާއި ގުޅިގެން ޖޭއެސްސީން ވަނީ އޭނާގެ ސުލޫކީ މައްސަލައެއް ބަލައި ސަސްޕެންޑްކޮށްފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ލީވާން އަލީ
25%
0%
0%
50%
0%
25%
ކޮމެންޓް