ބުދަ 08 އޭޕުރިލް 2020
01 އައްސިދަ
1441 ޝައުބާން 15
ފަތިސް 04:49
އިރުއަރާ 06:01
މެންދުރު 12:12
އަސްރު 15:16
މަޣްރިބް 18:15
އިޝާ 19:27
ދުނިޔެ - އެއާރ އިންޑިާ

އެއާރ އިންޑިއާ ފްލައިޓެއްގައި ރޯވެގެން އެމެޖެންސީގައި ރައިޕުރް އެއާޕޯޓަށް ޖައްސައިފި

  • ހުރިހާ އެންމެންވެސް ސަލާމަތްވި

އަލީ ސަމާޚް
AliSamah8

ކ. މާލެ | 8 ނޮވެންބަރ 2019 | ހުކުރު 23:17 | 12,852

އެއަރ އިންޑިއާގެ ފްލައިޓެއް - ގޫގުލް

180 ފަސެންޖަރުން ގޮވައިގެން އިންޑިއާގެ ބުބާނެޝްވަރު އެއާޕޯޓުން ފުރައިގެން މުމްބާއި އަށް ދަތުރު ކުރި އެއަރ އިންޑިއާ ފްލައިޓް (އޭ 670) ގެ އިންޖީނުގައި އަލިފާން ރޯވެގެން ރައިޕުރް އެއާޕޯޓުގައި އެމެޖެންސީކޮށް ޖައްސައިފިއެވެ.

ފްލައިޓްގައި އިން ފަސެންޖަރަކާއި ހަވާލަދީ ރިޕޯޓްތައް ބުނާގޮތުން އިންޖީނުގައި އަލިފާން ރޯވިކަމަށް ޝައްކު ކުރެވިގެން އެ ވާހަކަ ކްރޫންނާއި ޕައިލެޓާއި ހިއްސާ ކުރި ކަމަށެވެ. އެއާއި އެކު އެމެޖެންސީގައި ރައިޕުރް އެއާޕޯޓުގައި ފްލައިޓް ޖެއްސިއެވެ.

އެއާބަސް 321 ފްލައިޓްގައި ތިބި ހުރިހާ ފަސެންޖަރުން ވަނީ ރައްކާތެރި ކަމާއި އެކު ސަލާމަތް ކޮށްފައެވެ. އެ ހާދިސާ ހިނގިތާނައި އެކު އެއާޕޯޓު ކޮންމެވެސް ވަރަކަށް ހުއްޓުމެއް އައެވެ. އެހެން ނަމަވެސް މިހާރު އެއާޕޯޓު ވަނީ ހުޅުވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން | ރިވިއު ކުރީ: ލީވާން އަލީ

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.