ކ. މާލެ
|
8 ނޮވެންބަރ 2019 | ހުކުރު 20:02
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އޮފީސް
ރައީސް ސޯލިހު
އެންމެ ރިވެތި ސިފަތައް ފެންނަން އޮތީ ރަސޫލާގެ ހަޔާތްޕުޅުން، ނަމޫނާ ލިބިގަންނަން ޖެހޭ: ރައީސް
 
ކޮންމެ ކަމެއްގައިވެސް ރަސޫލާގެ ހަޔާތްޕުޅުން ނަމޫނާ ލިބިގަންނަން ޖެހޭ ކަމަށް ވިދާޅުވި

އެންމެ ރިވެތި ސިފަތައް، ފެންނަން އޮތީ ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ހަޔާތްޕުޅުން ކަމަށާއި، އެކަލޭގެފާނުގެ ހަޔާތްޕުޅުން ނަމޫނާ ލިބިގަންނަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އީދު މީލާދުގެ މުނާސަބަތުގައި ފޮނުއްވެވި ހިތާބު ގައި ރައީސް ވިދާޅުވީ، ނަބިއްޔާ،مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި މުނާސަބާ ފާހަގަކުރަނީ، ވަރަށް މަތިވެރި މަގްސަދެއްގައި ކަމަށެވެ. އެ މަތިވެރި ޒިކްރާއިން ލިބިގަންނަންވީ އެންމެ އަގުހުރި ފިލާވަޅަކީ، ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް، އެކަލޭގެފާނުގެ ޙަޔާތްޕުޅުން ނަމޫނާ ލިބިގަތުން ކަމަށެވެ. އިންސާނެއްގެ ކިބައިގައި ހުންނަންވީ، އަހްލާގީ އެންމެ ރިވެތި ސިފަތައް، ފެންނަން އޮތީ އެކަލޭގެފާނުގެ ޙަޔާތްޕުޅުން ކަމަށް ރައީސްގެ ހިތާބުގައި ވިދާޅުވިއެވެ.

އިންސާނެއްގެ ކިބައިގައި ހުންނަންވީ، އަޚްލާޤީ އެންމެ ރިވެތި ސިފަތައް، ފެންނަން އޮތީ އެކަލޭގެފާނުގެ ޙަޔާތްޕުޅުންނެވެ. އިންސާނީ މުޖްތަމަޢެއްގައި އެންމެ ވަރުގަދައަށް ފަތުރައި ދަމަހައްޓަންވީ ސިފަތައް، އެކަލޭގެފާނު ވަނީ ޢަމަލީ ގޮތުން ދައްކަވައިދެއްވައިފައި
އިބްރާހިމް މުހައްމަދު ސޯލިހު ~ ރައީސުލްޖުމްހޫރިއްޔާ ~

އެންމެ ވަރުގަދަ އަޒުމަކަށް ހަދަންވީ، ޢާލަމްތަކުގެ ވެރިاللهُ سُبْحَانَهُ وَتَعَالَىގެ ހަޒރަތުން އެކަލޭގެފާނު ގެނެސްދެއްވި، އެއްކައުވަންތަކަމުގެ އަގީދާގައި، އަޅުގަނޑުމެންގެ ހިތްތައް ސާބިތު ކުރުން ކަމަށް ރައީސްގެ ހިތާބުގައި ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
69%
8%
8%
0%
15%
ކޮމެންޓް