ކ. މާލެ
|
8 ނޮވެންބަރ 2019 | ހުކުރު 18:56
އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރައީސް އޮފީސް
ްސްޓެމް ފެސްޓް 2019
ސްޓެމް ފެސްޓް 2019 ފަށައިފި
 
ކުރިއަށް ދާނީ ނޮވެމްބަރ 8 އަދި 9 ވަނަ ދުވަހަށް

ދިވެހި ރާއްޖޭގައި ފުރަތަމަ ފަހަރަށް ސްޓެމް ފެސްޓް 2019 ބާއްވައިފިއެވެ.

ސްޓެމް ފެސްޓް 2019 އަކީ ވިމެން އިން ޓެކްގެ އިސްނެގުމުގެ ދަށުން ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ އަދި މެތަމެޓިކްސްގެ ދާއިރާއިން އުފެއްދުންތައް ދައްކާލުމަށް ކުރިޔަށްގެންދާ ފެސްޓިވަލެކެވެ. ސްޓެމް ފެސްޓިވަލް އިފްތިތާހުކޮށްދެއްވީ 2019 ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުއެވެ. ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކު ސަރަޙައްދުގައި ކުރިއަށް ދާ މިހަރަކާތުގައި ޖުމްލަ 20 ފަރާތަކުން ސްޓޯލް ހުޅުވާފައިވެއެވެ.

މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިމެން އިންޓެކްގެ ނައިބު ރައީސް ނިއުމާ ފާއިޒް ބުނީ ސްޓެމްފެސްޓުގެ މައިގަނޑު އަމާޒަކީ ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ އަދި މެތަމެޓިކްސްގެ ދާއިރާގައި ހުރި ފުރުސަތުތަކަކާއި ދިވެހިންގެ އަމިއްލަ އުފެއްދުންތައް ދައްކާލާނެ ޕްލެޓްފޯމެއް ހޯދައިދިނުން ކަމަށެވެ. ނިއުމާ ބުނީ ކޮންމެ އަހަރަކުވެސް މިފަދަ ފެސްޓިވަލްއެއް ބޭއްވުމަށް ގަސްދުކޮށްފައިވާކަމަށާއި މިއަށް ވުރެ ފުޅާދާއިރާއެއްގައި އަންނަ އަހަރުގެ ފެސްޓް ބޭއްވިގެންދާނެ ކަމަށެވެ. އަދި އާއްމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން ފާހަގަކޮށް ނިއުމާ ބުނީ ސްޓާރޓްއަޕް ކުންފުނިތަކުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.

އިތުރަށް ރޭވިފައިވާ ހަރަކާތްތަކާއި ގުޅިގެން މައުލޫމާތު ދެމުން ނިއުމާ ބުނީ ހުކުރު ދުވަހުގެރޭ މަންސާ ޓޯކްގެ ނަމުގައި ޕެނަލް ޑިސްކަޝަން އެއް ކުރިއަށް ދާނެ ކަމަށެވެ. އަދި ޕެނަލްގައި ތިއްބަވާނީ ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ އަދި މެތަމެޓިކްސްގެ ދާއިރާއިން ފާހަގަކޮށްލެވޭ ފަރާތްތައް ކަމަށް ވެސް ނިއުމާ ބުންޏެވެ. މި ޓޯކްގައި ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ އަދި މެތަމެޓިކްސްގެ ދާއިރާއަށް އޮތް ޑިމާންޑާއި ގުޅިގެން މަޝްވަރާ ކުރެވޭނެ ކަމަށްވެސް ބުންޏެވެ. އަދި ހޮނިހިރު ދުވަހުގެ ހަވީރު ހަތަރަކުން ހަޔަކަށް ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ދާނެ ކަމަށެވެ.

ހުޅުމާލެ ސެންޓްރަލް ޕާކު ސަރަޙައްދުގައި ކުރިޔަށްގެންދާ ހަރަކާތް ކުރިއަށް ދާނީ ނޮވެމްބަރ 8 އަދި 9 ވަނަ ދުވަހަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް