ކ. މާލެ
|
8 ނޮވެންބަރ 2019 | ހުކުރު 19:23
ގޯޓަބެ ރާޖަޕަކްސަ
ގޯޓަބެ ރާޖަޕަކްސަ
އަލްޖަޒީރާ
ގޯޓާބޭ ރާޖަޕަކްސަ
ގޯޓާބޭގެ އަމާޒަކީ ފަތުރުވެރިކަމުން 10 ބިލިއަން ޑޮލަރު ލަންކާ އަށް ވެއްދުން
 
އެހެން ގައުމުތަށް ނަަމޫނާ އަކަށް ބަލަން ޖެހޭ ކަމަށް ވިދާޅުވި
 
ހަތް މިލިއަން ފަތުރުވެރިން އިތުރުކުރައްވާނެ ކަމަށް ވިދާޅުވި
 
އީސްޓާ ހަމާލާ އަށް ފަހު ފަތުރުވެރިކަން ވަނީ ހީނަރުވެފައި

ފަތުރުވެރިކަމުން ސްރީލަންކާ އަށް 10 ބިލިއަން ޑޮލަރު ވެއްދުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ސްރީލަންކާ ޕޮދުޖަނަ ޕެރަމުނަ (އެސްއެލް) ގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ގޯޓާބެ ރާޖަޕަކްސް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ކޭގައްލެ ގައި ބޭއްވި ރެލީއެއްގައި ސަޕޯޓަރުންނާއި ވާހަކަ ދައްކަވަމުން ގޯޓާބޭ ވިދާޅުވީ، ލަންކާ އަށް ހަތް މިލިއަން ޓޫރިސްޓުން އިތުރު ކުރެއްވުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

ފަތުރުވެރިކަމުގެ ސިނާއަތަކީ ގިނަ ވަޒީފާތަކެއް އުފެދިގެންދާނެ ސިޔާޔަތެއްކަން ފާހަގަކުރައްވަމުން ގޯޓާބެ ވަނީ، ސަރުކާރުން އެކަމަށް އެންމެ އެދެވިގެންވާ ގޮތަށް މަސައްކަތް ނުކުރެވޭ ކަމަށް ވިދާޅުވެފައެވެ.

އިގްތިސާދީ ގޮތުން ވަރުގަދަ ގައުމުތައް ކަމަށްވާ އިންޑިއާ އަދި ޗައިނާ ފަދަ ގައުމުތަކުގެ މެދު ފަންތީގެ މީހުންގެ އަދަދު ގިނަވެ، އެމީހުން ޗުއްޓީ ހޭދަކޮށްލަން ގައުމުތަކަށްދާ އަދަދު ގިނަވެފައިވާ ކަމަށް ކުރީގެ ޑިފެންސް ސެކެރެޓަރީކަން ވެސް ކުރައްވާފައިވާ ގޯޓާބެ ވިދާޅުވިއެވެ.

އިތުރު ތަފްސީލުތައް ހާމަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، އެހެން ގައުމުތަކުން ފަތުރުވެރިކަން ތަރައްގީ ކުރުމަށް ގެންގުޅޭ ގޮތްތައް ބަލައި ހޯދަން ޖެހޭ ކަމަށެވެ. އެގޮތުން ލަންކާގެ އެއާޕޯޓުގެ ހިދުމަތްތައް ވަރުގަދަކޮށް، ފަތުރުވެރިންނަށް ދަތިތަކެއް ނެތި ގައުމަށް އެތެރެވުމާއި ބޭރުވެވޭ ގޮތް ހަމަޖެހިގެން ދިޔުމުން ގައުމަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެގެން ދާނެ ކަމަށެވެ.

ލަންކާ އަށް އަންނަ ފަތުރުވެރިންގެ އަދަދު ގިނަކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ގޯޓާބެ ވިދާޅުވެފައިވާއިރު، އިސްޓާ ސަންޑޭއާ ދިމާކޮށް އޭޕްރިލް މަހު ލަންކާ އަށް ދިން ހަމަލާއަށް ފަހު އެގައުމުގެ ފަތުރުވެރިކަން ވަނީ ވަރަށް ބޮޑަށް އަޑިއަޅާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
50%
0%
0%
50%
0%
ކޮމެންޓް