ބުދަ 11 ޑިސެންބަރު 2019
02 މުލަ
1441 ރަބީޢުލްއާޚިރު 14
ފަތިސް 04:44
އިރުއަރާ 06:00
މެންދުރު 12:03
އަސްރު 15:23
މަޣްރިބް 17:58
އިޝާ 19:15
ކުޅިވަރު - ޔޫރަޕާ ލީގް

ފަސޭހަކަމާއެކު ޕާޓިޒަން ބަލިކޮށް ޔުނައިޓެޑުން ދެވަނަ ބުރަށް!

  • މި މެޗު ޔުނައިޓެޑުން ކާމިޔާބުކުރީ 3-0 ގެ ނަތީޖާ އަކުން
  • މި ނަތީޖާ އާއި އެކު ޔުނައިޓެޑް ވަނީ ޔޫރަޕާ ލީގުގެ ދެވަނަ ބުރަށް ދަތުރު ކޮށްފަ

އަތޫފް އާތިފް
AthifAthoof

ކ. މާލެ 8 ނޮވެންބަރު 2019 | ހުކުރު 19:23 1,736

ޔުނައިޓެޑް ކުޅުންތެރިން ލަނޑަށްފަހު އުފާ ފާޅުކުރަނީ - ޓްވިޓަރ

ޔޫރަޕާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އަދި ޕާޓިޒަން ބައްދަލުކުރި މެޗު ފަސޭހަކަމާއެކު ޔުނައިޓެޑުން ކާމިޔާބުކޮށް ޔޫރަޕާ ލީގުގެ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.

ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު މި މެޗު ޔުނައިޓެޑުން ކާމިޔާބުކޮށްފައިވަނީ 3-0 ގެ ނަތީޖާ އަކުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފު ފަށައިގެން ޔުނައިޓެޑުން ބޯޅަ ކޮންޓްރޯލްކޮށް ގިނަ ހަމަލާތަކެއް ޕާޓިޒަން ގޯލަށް ފޮނުވައިލިއިރު މެޗުގެ 21 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މޭސަން ގްރީންވުޑްއެވެ. މި ލަނޑަށްފަހު ވެސް ޔުނައިޓެޑުން ގެންދިޔައީ ޕާޓިޒަންގެ ގޯލަށް ފުލުފުލުގައި ހަމަލާތަށް އުފައްދަމުންނެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑުން ވަނީ އިތުރު ލަނޑެއްޖަހާ ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު މެޗުގެ 33 ވަނަ މިނެޓުގައި އެންތަނީ މާޝިއަލް ކާމިޔާބުކޮށްފައިވާއިރު، މި ލަނޑު އޭނާ ކާމިޔާބުކޮށްފައިވަނީ ގްރީންވުޑްގެ އެހީތެރިކަމާއި އެކުގައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ގެ ނަތީޖާ އަކުން ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ޔުނައިޓެޑުން އަވަސް އެޓޭކިންގ ގޭމެއް ކުޅުނުއިރު މެޗުގެ 49 ވަނަ މިނެޓުގައި މާކަސް ރަޝްފޯޑް ވަނީ ލަނޑު ޖަހާ މެޗުން ޔުނައިޓެޑަށް ތިން ޕޮއިންޓް ހޯދައިދީފައެވެ.

މި ނަތީޖާ އާއި އެކު ޔުނައިޓެޑުން ގްރޫޕް "އެލް"ގެ އެއްވަނައިގައި 10 ޕޮއިންޓާއެކު އޮތްއިރު ދެވަނައިގައި އޮތް އޭޒެޑް އަށް ލިބިފައިވަނީ އަށް ޕޮއިންޓެވެ. އަދި މެޗުން ބަލިވި ޕާޓިޒަން އިން އޮތީ ލިބުނު ހަތަރު ޕޮއިންޓާއެކު ތިން ވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް