އަންގާރަ 11 އޯގަސްޓު 2020
01 މާ
1441 ޒުލްޙައްޖު 21
ފަތިސް 04:47
އިރުއަރާ 06:02
މެންދުރު 12:15
އަސްރު 15:31
އިރުއޮއްސޭ 18:21
އިޝާ 19:35
ޅ.އަތޮޅު

ޅ.އަތޮޅުގައި ގެއްލުންހުރި ގޮތަށް އެންވެރިކަން ކުރާތީ، އެކަން ރައީސްގެ ސަމާލުކަމަށް ގެނެސްފި

  • ބައެއް ސަރަހައްދުތައް ހިމާޔަތްކޮށްދެއްވުމަށް އެދިފައިވޭ
  • ކުނިމެނޭޖުކުރުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވި

ކ. މާލެ | 8 ނޮވެންބަރ 2019 | ހުކުރު 18:06 | 12,044

ރައީސް ސޯލިހު، ޅ.އަތޮޅު ކައުންސިލަރުންނާއެކު - ރައީސް އޮފީސް

ޅ.އަތޮޅުގެ އެކި ސަރަހައްދުތަކުން އެންވެރިކަން ކުރުމުގައި ބައެއް ފަރާތްތަކުން، އެންވެރިކަމަށް ގެއްލުންހުރި ގޮތްތައް ބޭނުންކުރާތީ އެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަމާލުކަމަށް ގެނެސްފިއެވެ.

ރައީސް ސޯލިހުގެ ސަމާލުކަމަށް މިމައްސަލަ ގެންނެވީ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ފާދިއްފޮޅު އަތޮޅު ކައުންސިލުގެ ކައުންސިލަރުންނެވެ.

މިބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ އަތޮޅުގެ އެކި ސަރަހައްދުތަކުން އެންވެރިކަން ކުރުމުގައި ބައެއް ފަރާތްތަކުން، އެއްވެރިކަމަށް ގެއްލުންހުރި ގޮތްތައް ބޭނުންކުރާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އެފަދަ އަމަލުތައް ހުއްޓުވުމުގައި އަތޮޅުގެ ބައެއް ސަރަހައްދުތަކަކީ ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައެޅައިދެއްވުމަށް ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވިއެވެ.

މީގެ އިތުރުން އަތޮޅުގެ ބައެއް ރަށްރަށުގައި ކުނިމެނޭޖުކުރުމުގައި ހުރި ދަތިތަކާއި އެ މައްސަލަ އެންމެ ބޮޑަށް ކުރިމަތިވެފައިވާ ރަށްތަކާބެހޭ މައުލޫމާތު ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި އަތޮޅުގެ ރަށްރަށަށް ބޭނުންވާ ތަރައްގީގެ މުހިންމު މަޝްރޫއުތައް ހިމެނިފައިވާތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އަތޮޅު ކައުންސިލަރުން މަސައްކަތް ކުރައްވަން ވާނީ އަތޮޅުގެ ހުރިހާ ރައްޔިތުންގެ ލާބައާ މަންފާއަށްކަން ހާމަކުރައްވާފައެވެ. އަދި ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކާ މަޝްވަރާ ކުރައްވައިގެން ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.