ހުކުރު 15 ނޮވެންބަރު 2019
02 ނޮރަ
1441 ރަބީއުލް އައްވަލް 18
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05
ރާއްޖެ - ޖުމްހޫރީ ދުވަސް

ޖުމްހޫރީ ދުވަހުގެ ޖަލްސާއަށް ދަރުބާރުގެ ހިމެނޭ ސަރަހައްދުގެ ޓްރެފިކަށް ބަދަލު ގެންނަނީ

  • ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން ފެށިގެން ޓްރެފިކަށް ބަދަލުގެންނަން ފަށާނެ
  • ޖަލްސާ އޮންނަ އާދީއްތަ ދުވަހުގެރޭ ދަރުބާރުގެ ފުރަގަހުން އަމީނީ މަގު ސްޓެލްކޯއާ ހަމައަށް ބަންދު ކުރެވޭނެ

ހުސެއިން މަޚްތޫމް
@makhuthoom

ކ. މާލެ 8 ނޮވެންބަރު 2019 | ހުކުރު 13:10 2,298

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާއާއި ގުޅިގެން ޓްރެފިކަށް ގެނެވޭ ބަދަލު ދައްކުވައިދޭ ޗާޓް - ޕޮލިސް

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާއަށް ދަރުބާރުގެ ހިމެނޭ ސަރަހައްދުގެ ޓްރެފިކަށް ބަދަލު ގެންނަން ނިންމައިފިއެވެ.

ފުލުހުން ބުނީ ޖުމްޙޫރީ ދުވަހުގެ ރަސްމީ ޖަލްސާ އާދީއްތަ ދުވަހުގެރޭ ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖެހިފައިވާތީ، ދަރުބާރުގެ ހިމެނޭ ސަރަޙައްދުގެ ޓްރެފިކަށް ބައެއް ބަދަލުތައް ގެނެސްފައިވާ ކަމަށެވެ.

އެގޮތުން ހޮނިހިރު ދުވަހުގެ ހަވީރު 4:00 ގެ ކުރިން ދަރުބާރުގެ އިރުން ބުރިޖާ ދިމާލުން އޮންނަ ހުސް ޖާގައާއި، އަމީނީ މަގު މޫންލައިޓް ހިނގުން ގުޅުނު ހިސާބުން ފެށިގެން ސްޓެލްކޯ އާ ހަމައަށް ޕާކްކޮށްފައިވާ އުޅަނދުތައް ނެގުމަށް ފުލުހުން ވަނީ އެދިފައެވެ. މީގެ އިތުުރުން ދަރުބާރުގެއާއި ކުޑަކުދިންގެ ބަގީޗާ ދެމެދުގައި އިންނަ މޫނިމާ ހިނގުމުގައި ހުރި އުޅަނދުތައް ވެސް ނެގުމަށް ފުލުހުން ވަނީ އެދިފައެވެ.

މީގެ އިތުރުން ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން ފެށިގެން އާދީއްތަ ދުވަހުގެރޭ 11:59 އާ ހަމައަށް މި ސަރަހައްދުގައި ޕާކް ކުރާ އުޅަނދުތައް ޓޯ ކުރަމުންގެންދާނެ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ އޮންނަ އާދީއްތަ ދުވަހުގެ ރޭގަނޑު 7:00 އިން ފެށިގެން ޖަލްސާ ނިމެންދެން މޫންލައިޓް ހިނގުން އަމީނާ މަގާގުޅޭ ހިސާބުން ފެށިގެން ސްޓެލްކޯއަށް އަދި ދަރުބާރުގެ ކުރިމަތިން އޮންނަ ދެ މަގު އާންމު ދަތުރުފަތުރަށް ބަންދުކުރެވޭނެ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް